ފޮތް: 2047ގައި ދުނިޔޭގެ އިގްތިސާދީ ބާރަކަށް އިންޑިއާ

އިންޑިއާގެ އިގްތިސާދީ މާހިރު އެސް.ޕީ ޝަރްމާގެ އާ ފޮތް، "އިންޑިއާ 2047 – ލީޑިން ގްލޯބަލް އިކޮނޮމިކް އޯޑަރ" ގައި 2047 ވަނަ އަހަރުގެ ނިޔަލަށް އިންޑިއާ ދުނިޔޭގެ ނުފޫޒުގަދަ އިގްތިސާދީ ބާރަކަށް ވުމުގެ މަގުޗާޓެއް އެކަށައަޅާފައި ވެއެވެ.

ޝަރުމާގެ ފޮތުގައި ވިދާޅުވާ ގޮތުގައި އިންޑިއާގެ ޒުވާން ވަޒީފާގެ ބާރާއި، ޓެކްނޮލޮޖީގެ ކުރިއެރުންތަކާއި، ސިޔާސަތަކަށް އިސްލާހު ގެނައުމުގެ ސަބަބުން އިންޑިއާގެ މަގާމު އޮތީ ބޮޑެތި އިގްތިސާދުތައް ފަހަތަށް ޖައްސާލާ ފަދަ ގޮތަކަށެވެ.

މި ފޮތުގައި އަލިއަޅުވާލާފައިވަނީ އިންޑިއާގެ ޑިޖިޓަލް އިންފްރާސްޓްރަކްޗަރ، އިއާދަކުރަނިވި ހަކަތަ، އަދި އުފެއްދުންތެރިކަމުގެ ދާއިރާއިން އިންޑިއާއިން ހޯދާފައިވާ ކުރިއެރުންތަކުގެ ވާހަކައެވެ. އޭގެ ތެރެއިން "މޭކް އިން އިންޑިއާ" ފަދަ އިސްނެގުން ތަކުގެ ވާހަކަ ތަފްސީލުކޮށްދީފައ ވެއެވެ. ޝަރުމާ ޕްރޮޖެކްޓް ކުރައްވާ ގޮތުގައި އިންޑިއާގެ ޑިމޮގްރަފިކް ފައިދާއިން ދުނިޔޭގެ ނުފޫޒު އިތުރު ވަމުންދާއިރު 2047 ވަނަ އަހަރުގެ ނިޔަލަށް އިންޑިއާގެ ޖީޑީޕީ 30 ޓްރިލިއަން ޑޮލަރަށް އަރާނެ އެވެ.

އިންޑިއާގެ މި އިގްތިސާދީ ތަޞައްވުރު ޙާޞިލުކުރުމަށްޓަކައި ތަޢުލީމާއި، ސިއްޙީ ޚިދުމަތާއި، ވެރިކަން ހިންގުމުގެ ނޒާމުގައި ދެމެހެއްޓެނިވި އިސްލާހުތަކެއް ގެނައުމަށް އޭނާ ބާރުއަޅުއްވައެވެ.

ނަމަވެސް އާމްދަނީގެ ނުތަނަވަސްކަމާއި ބިއުރޯކްރެޓިކް އިންއެފިޝަންސީ ފަދަ ގޮންޖެހުންތަކަކީ އަދިވެސް އިންޑިއާއަށް ހުރި ހުރަސްތަކެކެވެ.

މި ފޮތުގެ ސަބަބުން ސިޔާސަތު ކަނޑައަޅާ ފަރާތްތަކުގެ މެދުގައި މުހިންމު ކަންކަމާ މެދު މަޝްވަރާތައް އުފެދިފައި ވެއެވެ. ބައެއް ފަރާތްތަކުން ވަނީ އެ ފޮތަކީ، އުންމީދީ ވިސްނުމެއް ކަމަށް ބުނެ ތައުރީފުކޮށް ފައެވެ. އަނެއް ބަޔަކު ދެކެނީ އިޖުތިމާއީ ހަމަހަމަކަމަށް އިތުރަށް ސަމާލުކަން ދިނުމަށް ގޮވާލާ ފޮތެއް ކަމަށެވެ.

ޝަރުމާގެ މި މަސައްކަތްތަކުން އިންޑިއާގެ އެތެރޭގެ އަދި ޖިއޮޕޮލިޓިކަލް ގޮންޖެހުންތައް ފައިދާހުރި ގޮތެއްގައި ކުރިއަށްދާނަމަ، ދުނިޔޭގެ އިގްތިސާދީ މަންޒަރު އަލުން ބައްޓަންކުރުމުގެ ގާބިލްކަން ހާމަވެގެންދެއެވެ.

ހިއްސާ ކުރައްވާ!