ޔަހޫދީންގެ ސަފީރު އަންހެން ކުއްޖެއްގެ ސްކާޓް ބާލަން އުޅުމުން ބޭރުވާން އަންގައިފި

ޔުނައިޓެޑް އަރަބް އެމިރޭޓްސްގައި ހުންނަ ޔަހޫދީންގެ ގައުމުގެ ސަފީރު އަންހެން ކުއްޖެއްގެ ސްކާޓު ބާލަން އުޅެ، އަންހެން ކުއްޖަކާ ބެހުމުން އޭނާ އަނބުރައި ގެންދިއުމަށް އެމިރޭޓްސް ސަރުކާރުން އިޒްރޭލަށް އަންގައިފިއެވެ.

އިޒްރޭލުގެ ޗެނަލް 12 އިން ބުނިގޮތުގައި ސަފީރު ޔޯސީ ޝެލީ، އަބޫދާބީގެ ބާރެއްގައި ހުކުރު ދުވަހުގެ ރޭ، ބަނގުރާ ބޯން އުޅުމުގެ ތެރޭގައި އަންހެނަކާ ބެހުނު މައްސަލަ ޔޫއޭއީގެ ސަރުކާރުގެ ސަމާލުކަމަށް އައިސްގެން ނުރުހުން ފާޅުކޮށްފައިވާ ކަމަށެވެ. އަދި އެ ހާދިސާ އޭނާގެ ދެ ބޮޑީގާޑުންވެސް ވަގުތުން  އިޒްރޭލަށް ރިޕޯޓު ކުރި ކަމަށް ވެއެވެ.

މިހާދިސާއާ ގުޅިގެން އަބޫދާބީގެ މަސްއޫލުވެރިން ނުރުހިވަޑައިގެން ވިދާޅުވީ އިޒްރޭލު ސަފީރު ރަތް ރޮނގު ހުރަސްކޮށްފައިޥާ ކަމަށެވެ. އަދި އޭނާއާ މުއާމަލާތު ކުރަން ބޭނުން ނުވާ ކަމަށެވެ. އަބޫދާބީން މިކަން އިޒްރޭލަށް އަންގާފައިވާ ކަމަށް އިޒްރޭލު މީޑިއާއިން ވެސް ރިޕޯޓު ކުރެއެވެ.

މިވާހަކަ އެނގުމުންވެސް މިހާތަނަށް މީޑިއާއިން މަތިޖަހަން އުޅެފައިވާ ކަމަށް އިޒްރޭލު ޗެނަލް 12 އިން ބުނެއެވެ. އިޒްރޭލު މީޑިއާއިން ބުނާ ގޮތުގައި ޔޫއޭއީން ބޭނުން ވަނީ އިޒްރޭލުން ޑިފެންސް ޓެކްނޮލޮޖީ އެވެ. އެހެންވެ، އެގައުމުން ސަފީރަކަށް ބޭނުންވަނީ ޑިފެންސްގެ ކުރީގެ އިސް އޮފިޝަލަކު ކަމަށްވާ އަވީ ޑިޗްޓަރ ނުވަތަ ރިޓަޔާޑް ޖެނެރަލެކެވެ. މިހާދިސާއަށްފަހު ޔަހޫދީ ސަފީރާ ޔޫއޭއީން މުއާމަލާތު ކުރުން ހުއްޓާލާފައި ވެއެވެ.

ހިއްސާ ކުރައްވާ!