ފަސިންޖަރުންގެ އަދަދުގެ ނިސްބަތުން ޔޫރަޕްގެ އެންމެ ބޮޑު އެއާޕޯޓް ކަމަށްވާ ލަންޑަން ހީތްރޯ އެއާޕޯޓުން ތިން ވަނަ ރަންވޭއެއް ހެދުމަށާއި އެއާޕޯޓް ބޮޑު ކުރުމަށް އައު ޕްލޭނެއް މިއަދު އިއުލާން ކޮށްފިއެވެ. މިއީ 49 ބިލިއަން ޕައުންޑް ޚަރަދު ވާނެ މަސައްކަތެކެވެ.
ޚަރަދު ބޮޑު މި ޕްލޭނާގެން ކުރިއަށް ދިއުމަށް އިނގިރޭސި ސަރުކާރުން ފާސް ކުރީ މިއަހަރު ކުރީކޮޅުގައެވެ.
ހީތުރޯގެ ޗީފް އެގްޒެކެޓިވް ތޯމަސް ވަލްޑްބީ ނެރުނު ބަޔާނެއްގައި ވިދާޅުވީ "މިހާރުވެސް އެއާޕޯޓް މި އޮޕަރޭޓް ކުރަނީ ފުލް ކެޕޭސިޓީގައި،" ކަމަށެވެ. އަދި އެއާޕޯޓް ފުޅާކޮށް ޒަމާނީ ކުރުމުން އިނގިރޭސިވިލާތުގެ ވިޔަފާރިއާއި ދަތުރުފަތުރުގެ ގާބިލްކަން އިތުރުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.






