ފަލަސްތީނަށް ތާއީދުކުރާ އެކްޓިވިސްޓުން ވަނީ ޑޭވިޑް ލަމީގެ މައްޗަށް ހަނގުރާމައިގެ ޖަރީމާ ހިންގާފައިވާ މުޖުރިމެއްގެ ގޮތުގައި ދަ ހޭގްގައި ޝަރީއަތް ހިންގުމަށް ގޮވަން ފަށާފައެވެ. ފަލަސްތީނަށް ތާއިދު ކުރާ ޒުވާނުންގެ ހަރަކާތް (ޕީވައިއެމް) އިނގިރޭސިވިލާތުން ބުނީ ލެމީ މަގާމާ ހަވާލު ވުމަށްފަހު އަޅާފައިވާ ފިޔަވަޅުތަކުން އިސްތިއުފާ ދެއްވަން ޖެހޭ ކަމަށެވެ.
އެ ޖަމާއަތުން ދަނީ ލޭބަރ ޕާޓީ އާއި އެޕާޓީގެ ވަކިވަކި މެމްބަރުންނާ ދެކޮޅަށް މުޅި ގައުމުގައި މުޒާހަރާތައް އިންތިޒާމްކޮށް، އެކްޓިވިސްޓުންނަށް "ލޭބަރ ޕާޓީ ވަށާލުމުގައި" ބައިވެރިވުމަށް ގޮވާލަމުންނެވެ.
ޕީވައިއެމް އިން ބުނެފައި ވަނީ ހޯމަ ދުވަހު މެމްބަރުންގެ ދާއިރާގެ އޮފީސްތަކާއި ލޭބާ ކައުންސިލްތަކުގެ ތަންތަނާއި ބޮޑެތި ސިޓީތަކުގައި ހުންނަ ލޭބަރ ޕާޓީގެ މައި މަރުކަޒުތައް "ސިޔާސީ ގޮތުންނާއި ޖިސްމާނީ ގޮތުން" ވަށާލުމަށް ރާވާފައިވާ ކަމަށެވެ.
މި ޖަމާއަތުން ބުނަނީ ޔަހޫދީން ހިންފާ ހޮލޮކޯސްޓް ހިންގުމަށް މަގުފަހިކޮށް ދިނުމަށް ލޭބާ ސަރުކާރުން އެތައް ހާސް ހަތިޔާރެއް އިޒްރޭލަށް ސަޕްލައި ކޮށްދީފައިވާ ކަމަށެވެ. އަދި 30 އެތައް ލައިސަންސެއް ސަސްޕެންޑްކޮށްފައި ކަމަށް ބުނިނަމަވެސް، ލޭބާ ސަރުކާރުން ވަނީ އެހެން ކޯޑްތަކުގެ ދަށުން ހޮލޮކޯސްޓް ހިންގުމަށް ހަތިޔާރު ސަޕްލައި ކޮށްފައި ކަމަށް ބުނެއެވެ.
އެކްޓިވިސްޓުންނަށް ހާއްސަކޮށްގެން ތައްޔާރުކުރި މައުލޫމާތު ކަރުދާސްތަކުގައި ބުނެފައި ވަނީ ޑޭވިޑް ލެމީ އާއި ލޭބަރ ސަރުކާރަކީ ބައިނަލްއަގްވާމީ ގާނޫނުތަކާ ހިލާފު ބައެއް ކަމަށެވެ.
"ޖެނުއަރީ 2024 ގައި އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްއިން ނިންމީ އިސްރާއީލުގެ އަމަލުތައް ނަސްލު ނައްތާލުމަކަށް ވެދާނެ ކަމީ ގަބޫލުކުރެވޭ ކަމެއް ކަމަށް. ޑޭވިޑް ލަމީ ފޮރިން މިނިސްޓަރުކަމުން އިސްތިއުފާ ދޭން ޖެހޭނެ، އަދި ހޭގުގައި އޭނާގެ ޝަރީއަތް ކުރަން ޖެހޭނެ." އެޖަމާއަތުގެ މެމްބަރުން ބުނެއެވެ.






