ޓެސްލާ ކުންފުނިން މަސްކަށް 29 ބިލިއަން ޑޮލަރުގެ ޕެކޭޖެއް

ޓެސްލާ ކުންފުނީގެ ބޯޑުގައި މަހާސާދާގަރު ބެހެއްޓުމަށްޓަކައި، އެކުންފުނިން ވަނީ ސީއީއޯ އެލޮން މަސްކަށް ގާތްގަނޑަކަށް 29 ބިލިއަން ޑޮލަރުގެ އާ ޕޭ ޕެކޭޖެއް ދީފައެވެ. ޓެސްލާ ކުންފުނިން އޭނާ އަށް ހުށަހަޅާފައި ވަނީ 96 މިލިއަން ހިއްސާ އެވެ. އޭގެ މަގްސަދަކީ، އެ ކުންފުނީގެ ލީޑްގައި އޭނާ ބެހެއްޓުމެވެ.

2018 ވަނަ އަހަރު ޓެސްލާ ކުންފުނިން ވަނީ ކުންފުނީގެ ފައިދާ އިތުރު ކުރުމަށް ކަނޑައަޅާފައިޥާ ވަކި ލަނޑުދަނޑިތަކެއް ހާސިލުކޮށްދީފިނަމަ، 50 ބިލިއަން ޑޮލަރުގެ ބޮޑު ޕެކޭޖެއް ދޭނެ ކަމަށް ވައުދުވެފަ އެވެ. އެކަމަކު ފަހުން ކޯޓުން ވަނީ އެ ޑީލް ބާޠިލު ކޮށްފައެވެ، ކޯޓުން ބުނީ މަސްކަށް ބޮޑުކޮށްދޭއިރު ހިއްސާ ދާރުން ހިމާޔަތް ކުރުމަށް އިންސާފުވެރި ފިޔަވަޅެއް އަޅާފައި ނުވާ ކަމަށެވެ.

މަސްކަކީ މިހާރުވެސް ތެސްޅާ ކުންފުނީގެ 13 އިންސައްތަ ހިއްސާގެ މިލްކުވެރި ފަރާތެވެ. މަސްކުގެ އަމާޒަކީ އެކުން ފުންޏަކީ ކާރު އުފައްދާ ކުންފުންޏަކަށް ވުމުގެ ބަދަލުގައި މަބުގެ ވިޔަފާރީގައި އުޅޭ ކުންފުންޏަކަށް ހެދުމެވެ.

ހިއްސާ ކުރައްވާ!