އަލްޖަޒީރާގެ ނޫސްވެރިޔާ އަނަސުއްޝަރީފް ޝަހީދުކޮށްލައިފި

ޔަހޫދީ ސިފައިން ދިން ވައިގެ ޓެރަރިސްޓް ހަމަލާއެއްގައި ޣައްޒާގައި އަލްޖަޒީރާގެ ނޫސްވެރިޔާ އަނަސުއްލްޝަރީފް ޝަހީދުކޮށްލައިފިކަމަށް އިސްރާއީލުގެ ސިފައިން އެއްބަސް ވެއްޖެއެވެ. އިސްރާއީލުން ބުނާ ގޮތުގައި އަނަސް އަކީ ހަމާސްގެ ލީޑަރެކެވެ.

އިސްރާއީލުގެ ސިފައިންގެ ބަޔާނެއްގައި ބުނެފައިވަނީ "އަނަސުއްޝަރީފަކީ ޓެރަރިސްޓް ޖަމާއަތް ހަމާސްގެ ޓެރަރިސްޓް ލީޑަރެކެވެ. އަދި އޭނާއަކީ އިސްރާއީލުގެ އާންމު ރައްޔިތުންނާއި ސިފައިންނަށް ރޮކެޓް ފޮނުވުމަށް ޒިންމާ އުފުލަން ޖެހޭ ފަރާތެކެވެ." މިއީ ޓެރަރިސްޓް ޔަހޫދީން މީހަކު މަރާލަން ބޭނުންވާ ހާލަތްތަކުގައި ބަސްމަގު ގެންގުޅޭ ގޮތެވެ.

ނޫސްވެރިންގެ ޓެންޓަށް ޓެރަރިސްޓް ޔަހުދީން ދިން ހަމަލާގައި ޖުމްލަ 7 މީހުން ޝަހީދުވެފައިވެއެވެ. މީގެ ތެރޭގައި އަލްޖަޒީރާގެ އެހެން ނޫސްވެރިއެއް ކަމަށްވާ މުހައްމަދު ޤުރައިޤިއު ވެސް ހިމެނެއެވެ. މީގެ އިތުރުން ދެ ފޮޓޯގްރާފަރުންގެ ހަށިގަނޑުތައް ވެސް ވަނީ ފެނިފައެވެ. މި ހަމަލާއަކީ ނޫސްވެރިންނަށް އަމާޒުކޮށް އިސްރާއީލުން ދިން އެންމެ ފަހުގެ ޓެރަރިސްޓް ހަމަލާއެވެ. ޣައްޒާގައި ހިނގަމުންދާ ހަނގުރާމައިގައި މިހާތަނަށް ގިނަ އަދަދެއްގެ ނޫސްވެރިން ވަނީ ޝަހީދު ކޮށްފައެވެ.

ހިއްސާ ކުރައްވާ!