ނަތަންޔާހޫ ބިރަކާ ނުލަިއ ހަނގުރާމައިގެ ޖަރީމާތަކުގައި، އަރަބިން ހިމޭނުން!

ޣައްޒާ ސިޓީގެ ރައްޔިތުން ވަގުތުން ޣައްޒާ ދޫކޮށް ދިއުމަށް ޔަހޫދީންގެ ބޮޑު ވަޒީރ ނަތަންޔާހޫ އަންގައިފިއެވެ. ޣައްޒާގައި ޔަހޫދީން ހިންގަމުން ގެންދާ ނަސްލު ނައްތާލުމުގެ އަމަލާ ގުޅިގެން އަރަބިން ތިބީ ހިމޭނުންނެވެ. ފަލަސްޠީނަށް ސަޕޯޓު ކުރާ ޤަތަރުންވެސް ވަނީ ހަމާސްއަށް ފިއްތަން ފަށާފައެވެ. ޤަތަރުން ވަނީ އެމެރިކާއިން ހަމާސްއަށް ދީފައިވާ އިންޒާރު ބަލައި ގަނެ، ޔަހޫދީ ހަނގުރާމައިގެ އަސީރުން މިނިވަން ކުރުމަށް ހަމާސްއަށް ބާރުއަޅަން ފަށާފައެވެ.

ނަތަންޔާހޫ ހިންގަމުން ގެންދާ ޔަހޫދީ ހޮލޮކޯސްޓް ހަނގުރަމައިގެ ޖަރީމާތަކާ ބެހޭ ގޮތުން ވާހަކަ ދައްކަމުން އޭނާ ބުނެފައި ވަނީ، "ދެ ދުވަހުގެ ތެރޭގައި އަހަރަމެން ވާނީ ގައްޒާގެ 50 ޓަވަރު ހަލާކުކޮށްލާފައި، މިއީ ޣައްޒާ ސިޓީގައި ހިންގި ވަރުގަދަ އޮޕަރޭޝަންގެ ފެށުމެއް،" ކަމަށެވެ. އަދި ނަތަންޔާހޫ ބުނެފައި ވަނީ މި އިން އިބްރަތް ލިބިގަނެ، ޣައްޒާ ދޫކޮށް ދިއުމަށް އެންމެނަށް އޭނާ ނަސޭހަތްތެރިވާ ކަމަށެވެ.

ނަތަންޔާހޫ ވަނީ ފަޚުރުވެރިކަމާއެކު ދެ ދުވަހުގެ ތެރޭގައި ޣައްޒާގެ 50 ރެސިޑެންޝަލް ޓަވަރު ބޮންއަޅައި ހަލާކުކޮށްފައިވާ ކަން ކަށަވަރުކޮށްދީފައެވެ. މިއީ މަދަނީ އަމާޒެކެވެ.

ޔަހޫދީންގެ ވައިގެ ސިފައިންގެ މައި މަރުކަޒުން ވާހަކަ ދައްކަމުން ނަތަންޔާހޫ ބުނެފައި ވަނީ މިހަރު ދީފައިވާ އިންޒާރަކީ އެންމެން ގައްޒާއިން ނިކުމެގެން ދިއުމަށް ފުދޭނެ އިންޒާރެއް ކަމަށެވެ.

ޔަހޫދީންގެ ޑިފެންސް މިނިސްޓަރު ޔިސްރާއީލް ކާޓްޒް އޭނާގެ ޓްވިޓާ އެކައުންޓުގައި ބުނެފައި ވަނީ "މިއަދު ޣައްޒާ ސިޓީގެ އުޑުމައްޗަށް ބޮޑު ތޫފާނެއް އަރާނެ" ކަމަށެވެ. އަދި "ޓެރަރިސްޓް ޓަވަރުތަކުގެ ފުރާޅުތައް ތެޅިގަންނާނެ" ކަމަށް ބުނެ އިންޒާރު ދީފައެވެ.

އަރަބިން މި ހޮލޮކޯސްޓްގައި ހިމޭނުން ތިބި އިރު ސްޕެއިން ވަނީ ޔަހޫދީންނާ ދެކޮޅަށް ފިޔަވަޅުތަކެއް އެޅުމަށް ނިންމައި އެކަން އިއުލާން ކޮށްފައެވެ. މިވަރުވެސް އަރަބިންނަކަށް ނުކުރެވުނެވެ.

ހިއްސާ ކުރައްވާ!