އިންޑޮނޭޝިއާގެ ބޯޑަރު މެނޭޖު ކުރުމުގެ ކަންކަން ރަނގަޅު ކުރުމަށް ކުރިއަށް ގެންދާ ފިޔަވަޅެއްގެ ގޮތުން އިންޑޮނޭޝިއާ ސަރުކާރުން ވަނީ އެގައުމަށް އެތެރެވާ ހުރިހާ ދަތުރުވެރިން އައު އެޕެއް މެދުވެރިކޮށް މައުލޫމާތު ދޭން ޖެހޭ ގޮތަށް ހަދައިފައެވެ. މި އައު އެޕަކީ، "އޯލް އިންޑޮނޭޝިއާ" މޯބައިލް އެޕްލިކޭޝަން އެވެ.
ސެޕްޓެމްބަރު 1، 2025 އިން ފެށިގެން މި އެޕް މެދުވެރިކޮށް މައުލޫމާތު ހުށަހެޅުމަށް ވަނީ ލާޒިމްކޮށް ބޭނުން ކުރަން ފަށާފައެވެ.
މި ވަގުތަށް މި އެޕް މެދުވެރިކޮށް މައުލޫމާތު ހުށަހެޅޭނީ 3 އެއާޕޯޓަކާއި އެއް ފެރީ ޓާމިނަލުން އެތެރެވާ ދަތުރުވެރިންނަށެވެ. އެއީ، ޖަކާޓާގެ ސޮއެކާނޯ-ހަޓާ އިންޓަނޭޝަނަލް އެއާޕޯޓާއި ސުރަބާޔާގެ ޖުއާންޑާ އެއާޕޯޓާއި ބާލީގެ ންގްރާ ރާއި އެއާޕޯޓާއި ބަޓަމްގެ ފެރީ ޓާމިނަލް މެދުވެރިކޮށް އެތެރެވާ ފަރާތްތަކަށެވެ.
މި އެޕްގައި އިމިގްރޭޝަން، ކަސްޓަމްސް، ހެލްތު، އަދި ކަރަންޓީން ޑިކްލެރޭޝަންތައް ހިމެނެއެވެ. މިއީ އެއް ޑިޖިޓަލް ފޯމަކުން ހުރިހައި މައުލޫމާތު ދެވޭ ގޮތަށް ފަރުމާކޮށްފައިވާ އެޕެކެވެ.
ބިދޭސިންނާއި އިންޑޮނޭޝިއާ މީހުންވެސް މިއެޕް ބޭނުންކޮށްގެން މައުލޫމާތު ދޭން ޖެހެއެވެ. ދަތުރު ފެށުމުގެ ތިން ދުވަސް ކުރިންވެސް މިއެޕް މެދުވެރިކޮށް މައުލޫމާތު ހުށަހެޅި ދާނެއެވެ.
މިއީ، ބަހާސާ އިންޑޮނޭޝިއާ، އިނގިރޭސި، އަދި ޗައިނީސް ބަހުން ބޭނުން ކުރެވޭ ގޮތަށް ފަރުވާ ކޮށްފައިވާ އެޕެކެވެ. މި އެޕް މިލިންކުން ބަލާލެވޭނެއެވެ.







