ޤަތަރުގެ ވެރިރަށް ދޯހާގައި ހިންގި ހަމަލާއަކީ އިޒްރޭލުން އަމިއްލައަށް ރާވައި، އަމިއްލައަށް ހިންގި ހަމަލާއެއްކަމަށް އިޒްރޭލްގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫ ފަޚުރުވެރިކަމާއެކު ބުނެފިއެވެ.
އިޒްރޭލްގެ ބޮޑުވަޒީރު ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، މިއަދު ދިން ހަމަލާއަކީ މުޅިން އިޒްރޭލުން އަމިއްލައަށް ހިންގި އޮޕަރޭޝަނެއް ކަމަށެވެ.
"މި ހަމަލާ ރޭވީވެސް އިޒްރޭލުން، ހިންގީވެސް އިޒްރޭލުން، އަދި މިކަމުގެ ފުރިހަމަ ޒިންމާ ނަގަނީވެސް އިޒްރޭލުން" އެ ޕޯސްޓްގައި ބުނެފައިވެއެވެ.






