މުޅި އިރުމައްޗަށް ޔަހޫދީން ދިން މެސެޖެއް

ޔަހޫދީންގެ ޕާލަމެންޓްގެ ރައީސް އަމީރު އޮހާނާ ބުނަނީ ވަނީ ގަތަރަށް ދިން ޓެރަރިސްޓް ހަމަލައަކީ "މިއީ މުޅި މެދުއިރުމައްޗަށް ދިން މެސެޖެއް" ކަމަށެވެ.

އިސްރާއީލުގެ ދެ މަސްދަރަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ދޯހާ އަށް ބޮން އަޅަން "ރާވާފައި އޮންނަތާ މަސްތަކެއް ވެއްޖެ" އެވެ.

އެ މަސްދަރުތަކުން ސީއެންއެންއަށް ކިޔައިދިން ގޮތުގައި މި ހަމަލާ ޕްލޭން ކުރަމުން އަންނަތާ ގާތްގަނޑަކަށް ދެ ތިން މަސް ދުވަސް ވެދާނެ އެވެ.

އިސްރާއީލުން ބުނީ އަރަބިން ބިރު ގަންނަވަން ދިން މި ހަމަލައަކީ "ސަމިޓް އޮފް ފަޔަރ" ކިޔާ އޮޕަރޭޝަނެކެވެ.

ހިއްސާ ކުރައްވާ!