އދގެ އާންމު މަޖިލީހުގެ ރައީސް ފުރަތަމަ ދުވަހުވެސް ބޮޑު ދޮގެއް ހަދައިފި

އދގެ 80 ވަނަ އާންމު މަޖިލީހުގެ ރައީސަކަށް ހޮވާފައި ވަނީ ޖަރުމަންވިލާތުގެ ކުރީގެ ޚާރިޖީ ވަޒީރެވެ. އޭނާއަކީ މަގާމުގައި ހުރި އިރު ޔަހޫދީ ޒަޔަނިސްޓުން، ފަލަސްޠީނުގެ މަދަނީން މަރައި ހަސްފަތާލުތަކަށް ދިން ހަމަލަތަކަށް ސަޕޯޓު ކުރި މީހެކެވެ.

އޭނާ އދގެ އާންމު މަޖިލީހުގެ ރައީސްގެ މަގާމާ ހަވާލުވި ފުރަތަމަ ދުވަހު އޭނާގެ ގާތުން ފަލަސްޠީނު ނޫސްވެރިއަކު އޭނާ ކުރިން ދެއްކި ވާހަކަތަކާ މެދު ބުނަނީ ކީކޭތޯ އެހުމުން ދޮގު ހަދަމުން ބުނެފައި ވަނީ އަހުރެން އެފަދަ ވާހަކައެއް ދައްކާފައި ނުވާނެ ކަމަށެވެ.

މިވާހަކަ ގެނަސްދިން ޓުއިޓާ އެކައުންޓުން ވަނީ މި މީހާ މިހާރު ހެދި ދޮގާއި ކުރިން އޭނާ ދެއްކި ވާހަކަތައް އަޑާއި މަންޒަރާއެކު ގެނަސްދީފައެވެ.

ހިއްސާ ކުރައްވާ!