އދގެ އާންމު މަޖިލީހުން ވަނީ ތަނަވަސް އަޣުލަބިއްޔަތަކުން ފަލަސްޠީނާއި ޔަހޫދީންގެ ދެ ދައުލަތް ގާއިމު ކުރުމަށް ނަގާފައިވާ މިއަދު ވޯޓެއް ތަސްދީގު ކޮށްފިއެވެ. ދުނިޔޭގެ ލީޑަރުން އދގެ އާންމު ޖަލްސާގައި ބައިވެރިވެ ވަޑައިގަތުމުގެ ކުރިން އިސްރާއީލާއި ފަލަސްތީނާ ދެމެދު ދެ ދައުލަތެއްގެ ހައްލެއް ހޯދުމަށް ފާސް ކުރި ގަރާރުގައި ބުނެފައި ވަނީ "ނަތީޖާ ހާސިލު ކުރެވޭފަދަ ގޮތަކަށް ތާވަލެއް ކަނޑައެޅިފައިވާ އަދި ފަހަތަށް ނުޖެހޭ ފަދަ ފިޔަވަޅުތަކެއް" އެޅުމަށް ގޮވާލާ ކަމަށެވެ.
ހަތް ޞަފްޙާގެ މި ގަރާރަކީ ޖުލައި މަހު ނިއުޔޯކުގައި ސައޫދީންނާއި ފްރާންސުން ގުޅިގެން ބޭއްވި ބޭއްވި ބައިނަލްއަޤްވާމީ ކޮންފަރެންސެއްގެ ނަތީޖާ އެކެވެ.
އާދަގެ މަތިން ފަލަސްޠީނުގައި ނައްލު ނައްތާލުމަށް ވާގިވއެެރިވާ އެމެރިކާއާއި ނަސްލު ނައްތާލުމުގެ އަމަލީ މަސައްކަތް ހިންގާ އިސްރާއީލުން ވަނީ އެ ގަރާރު ފާސް ކުރުމާ ދެކޮޅަށް ވޯޓްލާފައެވެ. މި ގަރާރު ފާސްކޮށްފައި ވަނީ 142 ވޯޓު ލިބިގެންނެވެ. ދެކޮޅަށް 10 ގައުމުން ވޯޓު ދިނެވެ. އަދި 12 ގައުމުން އެއްވެސް ކޮޅަކަށް ވޯޓެއް ނުދެއެވެ.






