ޖޯޑަންއާއި ހިފާފައިވާ ފަލ؛ަސްޠީނުގެ ސަރަހައްދު ވަކި ކުރާ ބްރިޖު ހުރަސްކޮށް ދިޔަ ލޮރި ދުއްވާ މީހަކު ވަނީ ޔަހޫދީ ސިފައިންނަށް ބަޑިން ހަމަލަ ދީ ޔަހޫދީ ސިފައިންގެ ދެމީހަކު މަރާލާފައެވެ. މަލިކު ޙުސައިން ބްރިޖު ހުރަސްކޮށް ހަމަލަ ދިން ޖޯޑަން މީހާ ވަނީ ޝަހީދުކޮށްލާފައެވެ.
ޔަހޫދީންގެ މީޑިއާއިން ބުނިގޮތުގައި ހަމަލާ ދިން ފަރާތަކީ ޖޯޑަންއިން އްޒާއަށް ފޮނުވާ އިންސާނީ އެހީގެ ލޮރިއެއް ދުއްވާ މީހެކެވެ. އަދި އޭނާއަކީ މަލިހު ހުސައިން ބްރިޖު ހުރަސްކުރުމުގެ ހުއްދަ އޮންނަ މީހެކެވެ. އެމީހާ ވަނީ ލޮރިން ފައިބައިގެން ގޮސް އިޒްރޭލު ސިފައިންނާ ދިމާއަށް ބަޑި ޖަހައި ދެމީހަކު މަރާލާފައެވެ.
އިޒްރޭލްގެ ސެކިއުރިޓީ އޮފިޝަލުން ލަފާކުރާ ގޮތުގައި ހަމަލާ ދިން ފަރާތަކީ ދިގު މުއްދަތެއްގައި އެހީގެ ލޮރިތަކުގައި ހިފާފައިވާ ފަލަސްޠީނުޔގެ ސަރަހައްދަށް ވަދެ އުޅޭ އަދި ބޯޑަރުގެ އިޖުރާއަތުތައް ރަނގަޅަށް އެނގޭ މީހެކެވެ. އެހެންވެ އޭނާއަށް ހަމަލާ ކާމިޔާބު ކުރުމަށް ފަސޭހަވީ ކަމަށް ބުނެއެވެ.
މީގެ އަހަރެއް ކުރިންވެސް ޖޯޑަންގެ ލޮރީ ދުއްވާ މާހިރު ޖާޒީ ވަނީ ކާމިޔާބު ހަމަލައެއްގައި ޔަހޫދީ ސިފައިންގެ ދެމީހަކު މަރާލާފައެވެ. ސެޕްޓެމްބަރު 2024ގައި ޝަހީދު މާހިރު ހަމަލަ ދީފައި ވަނީ ޔަހޫދީ ސިފައިންނާ ކައިރިއަށް ގޮސް އެމީހުންގެ ގަޔަށް ބަޡޑި ޖަހައިގެންނެވެ. ޝަހީދު މާހިރު އަކީ 5 ކުދިންގެ ބައްޕަ އެކެވެ. އެއިރު އޭނާގެ އުމުރަކީ 39 އަހަރެވެ.






