ހޮލޮކޯސްތް ހިންގާ ޔަހޫދީންގެ ބޮޑުވަޒީރު ނަތަންޔާހޫ އެމެރިކާއަށް ކުރާ ދަތުރުގައި، އާދަޔާ ޚިލާފު ވައިގެ މަގެއް ބޭނުން ކުރުމަށް ނިންމައިފިއެވެ. ނަތަންޔާހޫ އަކީ ބައިނަލްއަގްވާމީ ކްރިމިނަލް ކޯޓުން ކަނޑައަޅާފައިޥާ ރަތް ލާޖެހި މުޖުރިމެކެވެ. އެހެންވެ ޔޫރަޕްގެ ސަރަހައްދަށް ވަދެއްޖެނަމަ އޭނާ ހައްޔަރު ކޮށްފާނެތީ ބިރުން އޭނާ ވަނީ ޔޫރަޕުގެ ގައުމުތަކުގެ ވައިގެ ސަރަހައްދަށް ނުވަދެ ދަތުރު ކުރަން ނިންމާފައެވެ.
އިސްރާއީލު މީޑިއާ އިން ހާމަކުރި ގޮތުގައި، މުޖުރިމު ނަތަންޔާހޫގެ މަތިންދާބޯޓު ދަތުރު ކުރަނީ ވަރަށް ދިގު މަގަކުންނެވެ. މި ދަތުރުގައި އާދަޔާ ޚިލާފަށް ދިގު މަގެއް ބޭނުންކުރަން ޖެހުމުގެ ސަބަބުން، އިތުރު ތެޔޮ އަޅަން ޖެހުމާއި، އެހެނިހެން ލޮޖިސްޓިކަލް ގޮންޖެހުންތަކާ ކުރިމަތިވެފައިވެއެވެ. ބޯޓުގެ ބަރުދަން ލުއި ކުރުމަށް އޭނާ ވަނީ ރަސްމީ ވަފުދުގެ މެންބަރުންގެ އަދަދު ވެސް މަދުކޮށްފައެވެ.
މި ބޯޓުގައި މައުލޫމާތު ލީކު ވިޔަ ނުދިނުމަށްޓަކައި އެއްވެސް ނޫސްވެރިއަކު ނުގެންދާންވެސް ނިންމާފައި ވެއެވެ،.





