ޢިއްޒުއްދީން އަލްޤައްސާމްގެ ހަމަލާއެއްގައި ގިނަ އަދަދެއްގެ ޔަހޫދީ ޓެރަރިސްޓުން ނައްތާލައިފި

ޣައްޒާގެ ދެކުނުގައި "ރާހިބާތުލް ވަރުދިއްޔާ" ސްކޫލުގައި ބަޑަހަޖަހައިގެން ތިބި ޔަހޫދީ ޓެރަރިސްޓް  ސިފައިންނަށް ހަމާސްގެ ހަނގުރާމަވެރި ޖަމާއަތް ޝަހީދު ޢިއްޒުއްދީން އަލްޤައްސާމް ބްރިގޭޑުން ދިން ކާމިޔާބު ހަމަލައެއްގައި ގިނަ ބަޔަކު ނައްތާލައި އެތައް ބަޔަކު ނުކުޅައްދައިފިއެވެ.

އަލްޤައްސާމްގެ ބަޔާނުގައި ބުނެފައިވާ ގޮތުގައި، ހޯމަ ދުވަހުގެ ހަވީރު ތައްލުލްހަވާ ސަރަހައްދުގައި ހުންނަ މި ސްކޫލުގައި ތިބި ޔަހޫދީ ޓެރަރިސްޓުން ގެ އުޅަނދުތަކަށް ހަމަލަ ދީފައި ވަނީ ފައިމަގުގައި ސީދާ އުޅަނދު ކައިރިއަށް ގޮސްގެންނެވެ. މި ހަމަލާގައި ޔަހޫދީ ޓެރަރިސްޓުންގެ ދެ އުޅަނދަކަށް ބޮމުގެ ހަމަލަތައް އަމާޒުކޮށް، އަދި ޔަހޫދީންގެ މަރުކަވާ ޓޭންކެއް ވެސް ގޮއްވާލާފައި ވެއެވެ.

މި ހަމަލައަށްފަހު ޔަހޫދީ ޓެރަރިސްޓުންގެ އެއްބަޔަކު ކަޅު ކޮތަޅުގައި ޣައްޒާއިން ބޭރު ކުރި އިރު އަނެއް ބަޔަކު ގެން ދިޔައީ އަށިގަނޑުގައެވެ.

ޔަހޫދީ މީޑިއާއިން ރިޕޯޓުކުރި ގޮތުގައި، މި ހާދިސާގައި ޔަހޫދީ ޓެރަރިސްތް ސިފައިންގެ 13 މީހަކު ވަނީ ސީދާ ޖަހަންމައަށް ފޮނުވާލާފައެވެ. އަދި ޒަޚަމްވި މީހުން އިސްރާއީލުގެ ބޮޑު ތިން ހޮސްޕިޓަލަކަށް ގެންގޮސްފައިވާ ކަމަށް ބުނެފައިވެއެވެ.ޔަހޫދީ ޓެރަރިސްޓް ސިފައިންގެ ފަރާތުން ވަނީ މި ހާދިސާއާ ގުޅިގެން ޣައްޒާގައި އިމަޖެންސީ ހާލަތު އިއުލާންކޮށްފައިވެއެވެ.

މީގެ ކުރިން ވެސް އަލްޤައްސާމުގެ ހިތްވަރުގަދަ މުޖާހިދުން ވަނީ އެކި ސަރަހައްދުތަކުގައި ޔަހޫދީ ޓެރަރިސްޓް ސިފައިންނަށް ކާމިޔާބު ހަމަލަތަކެއް ދީފައެވެ. މީގެ ތެރޭގައި ސެޕްޓެމްބަރު 22 ވަނަ ދުވަހު ޝައިޚް ރިޟްވާން ސަރަހައްދުގައި ދިން ހަމަލާއާއި، ސެޕްޓެމްބަރު 20 ވަނަ ދުވަހު ޚާން ޔޫނިސްގެ ދެކުނުގައި ދިން ހަމަލާ ހިމެނެއެވެ.

އަލްޤައްސާމްގެ މުޖާހިދުން މި ހަމަލާތަކުގައި އެކި ބާވަތުގެ ހަތިޔާރުތައް ބޭނުންކޮށްފައިވާ ކަމަށާއި، މީގެ ތެރޭގައި ޔާސީން 105 މިސައިލްތަކާއި، އަތުބޮން އަދި ސްނައިޕަރ ރައިފަލް ބޭނުން ކުރުން ހިމެނޭ ކަމަށް ބުނެފައިވެއެވެ.

ހިއްސާ ކުރައްވާ!