އިންޑޮނޭޝިއާގެ މަދަރުސާއެއް ވެއްޓި 3 ކުދިން މަރުވެއްޖެ

އިންޑޮނޭޝިއާގެ ޖާވާ އީސްޓް ސަރަހައްދުގައި ހުރި އަލްހުޒައިނީ ދީނީ މަދަރުސާގެ އިމާރާތެއް ވެއްޓި 3 މީހުން މަރުވެ، 100 އަކަށްވުރެ ގިނަ މީހުންނަށް އަނިޔާވެފައިވާ ކަމަށް އިންޑޮނޭޝިއާގެ އިދާރާތަކުން ބުނެފިއެވެ. މިހާދިސާި އަސުރު ވަގުތު ނަމާދަށް ތިއްބައެވެ. އަދިވެސް 91 މީހަކު އިމާރާތުގެ ދަށު ވެފައިޥާ ކަމަށް ވެއެވެ. މަރުވެފައިވާ ކުދިންނާއި އިމާރާތުގެ ދަށު ވެފައިޥާ ކުދިންގެ އުމުރު ފުރައަކީ 12 އަހަރާއި 17 އަހަރު ކަމަށް ވެއެވެ.

އިންޑޮނޭޝިއާގެ ޑިޒާސްޓަރ މެނޭޖްމަންޓް އޭޖެންސީން އާންގާފައިވާ ގޮތުގައި، ކުރިން އިމާރާތުގެ ތެރޭގައި 38 ދަރިވަރުން ތިބިކަމަށް ބެލެވުނު ނަމަވެސް އެ އަދަދު މިހާރު ވަނީ 91 އަށް އިތުރުވެފައެވެ. މިއީ ސްކޫލުގެ ހާޒިރީގެ ރެކޯޑްތަކާއި، މަދަރުސާގެ ދަރިވަރުންގެ އާއިލާތަކުން ދީފައިވާ މައުލޫމާތުގެ އަލީގައި ކަށަވަރުކުރެވުނު އަދަދެއް ކަމަށް ބުނެއެވެ.

މި ހާދިސާއާ ގުޅިގެން އެހީދޭ 300 އަށްވުރެ ގިނަ ފަރާތްތައް ވަނީ ސާރޗް އެންޑް ރެސްކިއު މަސައްކަތުގައި ހަރަކާތްތެރިވެފައެވެ. މިހާތަނަށް ބައެއް ދަރިވަރުން ވަނީ ސަލާމަތް ކުރެވިފައެވެ. މިއިމާރާތަކީ ހުއްދައާ ނުލައި ކޮށްފައިވާ އިމާރާތެއް ކަމަށް މަސްއޫލު ފަރާތްތަކުން ބުނެއެވެ.

ހިއްސާ ކުރައްވާ!