ފުޅަނދުތަކުން ވަގަށް ނެގި މީހުން ޖަލަށް ލުމަށްފަހު ޔަހޫދީން އަނިޔާ ކުރަމުން ދަނީ

ޔަހޫދީ ޓެރަރިސްޓުން ކަނޑުފޭރިގަތް ފުޅަނދުތަކުން ހައްޔަރުކޮށްފައިވާ މީހުން ޖަލަށް ލައިގެން އަނިޔާ ކުރަމުންދާ ކަމަށް ފަލަސްޠީނުގެ އަސީރުންނާ ބެހޭ ޖަމުއިއްޔާއިން ބުނެއެވެ. ޔަހޫދީ ހޮލޮކޯސްޓް ހިންގާ ފަރާތްތަކުން ޞުމޫދު ފުޅަނދުތަކން ވަގަށް ނަގާފައިވާ މީހުން ބަންދުކޮށްފައި ވަނީ ހިފާފައިޥާ ފަލަސްޠީނުިގެ ނަޤަބް ސަހަރާގައި ހަދާފައިވާ ނަން ހުތުރު ޖަލުގައެވެ. މިއީ ފަލަސްޠީނުގެ ސަރަހައްދުތަކުން ޔަހޫދީ ޓެރަރިސްޓުން ވަގަށް ނަގާ ފަލަސްޠީނު މީހުން ގެންގޮސް ބަންދުކޮށްގެން އަނިޔާ ކުރުމަށް މަޝްހޫރު ޖަލެކެވެ.

ޔަހޫދީންގެ ފުލުހުންގެ ވަޒީރު ބެންގްވީރުވެސް ވަނީ ފުޅަނދުތަކުން ވަގަށް ނަގާފައިވާ މީހުން ބައިތިއްބާފައިޥާ ތަނަށް ގޮސް އެމީހުންނާ ފޮށެ ހަދާފައެވެ. އޭނާ އެމީހުންނަށް މަލާމާތް ކުރަމުން ބުނެފައި ވަނީ ކަލޭމެންނަނީ ޓެރަރިސްޓުން ކަމަށެވެ.

 

ހިއްސާ ކުރައްވާ!