މެންޗެސްޓަރުގައި ޔަހޫދީ ފައްޅިއަކަށް ދިން ހަމަލާއެއްގެ ދެ ދުވަސް ފަހުން، ބްރައިޓަން ކައިރީގައި އޮންނަ ޓައުނެއްގެ މިސްކިތެއްގައި ރޯކޮށްލައިފިއެވެ. މި ހަމަލާ ދިން ވަގުތު މިސްކިތުގައި ދެ މީހުން ނަމާދަށް ތިއްބެވެ. މިއީ ނަސްލީ ތަފާތު ކުރުމުގެ ހަމަލައެއް ކަމަށް ބަލާފައި ވެއެވެ،. އަދި މިއީ މުސްލިމަކު ދިން ކަމަށް ނުބެލެވޭ ހަމަލައެއްކަމުން މިއީ ޓެރަރިސްޓް ހަމަލައެއް ކަމަށް ގިންތި ކޮށްފައެއް ނުވެއެވެ.
މިސްކިތުން ނިކުތް މީހުން ބުނީ މި ހަމަލަ ދީފައި ވަނީ މޫނު ނިވާކޮށްގެން ތިބި ދެމީހަކު ކަމަށެވެ. އަދި މިސްކިތުގެ ދޮރު ވައްޓާލަން މަސައްކަތް ކުރުމަށްފަހު، މިސްކިތުގެ ސިޑިއަށް ޕެޓްރޯލް އަޅައި އަލިފާން ރޯކޮށްލި ކަމަށް އެފަރާތުން ބުންޏެވެ.
ސީސީޓީވީ ކެމެރާތަކުން ދައްކާ ގޮތުގައި މޫނު ނިވާކޮށްގެން ތިބި ދެމީހަކު މިސްކިތުގެ ދޮރާ ހަމައަށް އައިސް، ދޮރުގެ ތަޅުގައި ހިފާ އެތައް ފަހަރަކު ހުޅުވަން މަސައްކަތް ކޮށްފައިވެއެވެ. އޭގެ ފަހުން ބިމަށާއި ދޮރަށް އަދި މިސްކިތުގެ އިމާމްގެ ކާރަށް ޕެޓްރޯލް ޖަހައި ރޯކޮށްލީއެވެ. މި ހާދިސާގައި އެއްވެސް މީހަކަށް ޖިސްމާނީ އަނިޔާއެއް ލިބިފައެއް ނުވެއެވެ. ނަމަވެސް މިސްކިތުގެ ދޮރު އަންދާލާފައި ކާރަށް ގެއްލުން ދީފައި ވެއެވެ.
އިނގިރޭސިވިލާތުގައި މުސްލިމުން ފަލަސްޠީނަށް ތާއީދު ކުރަމުން ދިއުމުން އެމީހުން ހައްޔަރުކޮށް ސަރުކާރުގެ ފުރައްސާރައާ ކުރިމަތި ލާން ޖެހިފައި ވެއެވެ. އިނގިރޭސި ސަރުކާރަކީ ފާޅުގައި ޒަޔަނިސްޓުންނަށް ތާއީދު ކުރާ ސަރުކާރެކެވެ. އޮޅުވާލައިގެން އިރާގު ތަޅަައި ސުންނާފަތި ކޮށްލުމުގައިވެސް ހަނގުރާމައިގެ މުޖުރިމު އިނގިރޭސި ބޮޑު ވަޒީރު ޓޯނީ ބްލެޔަރ އިސް ދައުރެއް އަދާކޮށްފައި ވެއެވެ.






