ޣައްޒާގައި ޔަހޫދީން ހިންގާ ޖެނޮސައިޑަށް ވާގިވެރިވާތީ އިޓަލީގެ ބޮޑުވަޒީރު ޖިއޮޖިއާ މެލޯނީއާއި އިޓަލީގެ ފޮރިން މިނިސްޓަރު އެންޓޯނިއޯ ޓަޖާނީ އާއި ޑިފެންސް މިނިސްޓަރު ގުއިޑޯ ކްރޮސެޓޯއާ ދެކޮޅަށް ފަލަސްތީނުގެ އިންސާނީ ހައްގުތަކާ ބެހޭ ޖަމިއްޔާއަކުން އިންޓަނޭޝަނަލް ކްރިމިނަލް ކޯޓަށް ހުށަހަޅައިފިއެވެ.
މި ދައުވާ އުފުލާފައިވަނީ "ލޯޔަރސް އެންޑް ޖޫރިސްޓުން ފޯ ފަލަސްތީން" ޖަމާއަތުން ނެވެ. މި ދައުވާގައި ގާތްގަނޑަކަށް 50 ލޯ ޕްރޮފެސަރުންނާއި ވަކީލުންނާއި އާންމު ފަރާތްތަކުން ސޮއިކޮށްފައިވެއެވެ.
ދައުވާގައި ބުނެފައިވަނީ އިޓަލީ ސަރުކާރުން އިސްރާއީލު ސަރުކާރަށް ތާއީދުކޮށް، ނަސްލު ނައްތާލުމަށް ވާގިވެރިވާ ހަތިޔާރު ފޯރުކޮށްދީގެން، ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިނގަމުންދާ ނަސްލު ނައްތާލުމާއި ހަނގުރާމައިގެ ބޮޑެތި ޖަރީމާތަކާއި އިންސާނިއްޔަތާ ދެކޮޅަށް ހިންގާ ޖަރީމާތަކުގައި ބައިވެރިވާ ކަމަށެވެ.





