ޖެނޮސައިޑް ހުއްޓާލާ އެއްބަސްވުމުގައި ސޮއިކުރާނީ މިއަދު

އިސްރާއީލާއި ހަމާސްއާ ދެމެދު ކުރެވުނު ނުސީދާ މަޝްވަރާތަކުގެ ތެރެއިން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޣައްޒާގެ ހަނގުރާމަ ހުއްޓުވުމުގެ ޕްލޭންގެ ފުރަތަމަ މަރުހަލާ ތަންފީޒުކުރުމަށް ވެވުނު އެއްބަސްވުމުގައި މިއަދު ބުރާސްފަތި ދުވަހުގެ މެންދުރު މިސުރުގައި ސޮއިކުރެވޭނެ ކަމަށް މަޝްވަރާތަކާ ގުޅުންހުރި މަސްދަރަކުން ހާމަކޮށްފިއެވެ.

ނަން ހާމަނުކުރުމުގެ ޝަރުތުކޮށް މީޑިއާއަށް މައުލޫމާތު ދިން ފަރާތުން ބުނެފައިވަނީ، ބުރާސްފަތި ދުވަހުގެ މެންދުރާ ގާތް ކުރާ ވަގުތެއްގައި، (މާލޭގަޑިން 2 ޖަހާއިރު އަދި މިސްރު ގަޑިން 11 ޖަހާއިރު) މިސުރުގައި މި އެއްބަސްވުމުގައި ރަސްމީކޮށް ސޮއިކުރެވޭނެ ކަމަށެވެ.

ޓްރަމްޕް ޓުރުތު ސޯޝަލްގައި ބުނެފައި ވަނީ ހޯމަ ދުވަހު ޔަހޫދީ އަސީރުންނާއި މަރުވެފައިޥާ އަސީރުންގެ ގަބުރުތައް ހަވާލު ކުރަން ފެށޭނެ ކަމަށެވެ. އިސްރާއީލުން ލަފާ ކުރަނީ އާދިއްތަ ދުވަހު ހަނގުރާމައިގެ އަސީރުން މިނިވަންކުރާނެ ކަމަށެވެ. އަދި އެއްފަހަރާ 20 މީހުން މިނިވަން ކުރާނެ ކަމަށްވެސް ބުނެފައި ވެއެވެ

ހިއްސާ ކުރައްވާ!