734 ދުވަސް ފަހުން ޖެނޮސައިޑް ނިންމުމަށް އެއްބަސްވުމާ ގުޅޭ…..

734 ދުވަސް ފަހުން ޔަހޫދީންގެ ޖެނޮސައިޑް ނިންމުމަށް އެއްބަސްވުމުން އެމްނެސްޓީ އިންޓަރނޭޝަނަލުން ވަނީ އެކަމަށް މަރުހަބާ ކިޔާފައި.

އިނގިރޭސި ބޮޑު ވަޒީރު ކީރ ސްޓާމަރުވެސް ވަނީ ޖެނޮސައިޑް ނިންމަން އެއްބަސްވުމުން މަރުހަބާ ވިދާޅުވެފައި.

ކެނެޑާއާއި އޮސްޓްރޭލިއާއިން ވެސް މަރުޙަބާ ކިޔައިފި.

ޖެނޮސައިޑް ނިންމަން އެއްބަސް ވުމާ ގުޅިގެން ހަމާސައިން އެފަރާތުގެ މެހުމާންދާރީގައި ތިބި އަސީރުން މިނިވަން ކުރުމަށްފަހު ޔަހޫދީން ޣަދަރު ވެރި ނުވާނެ ކަމުގެ ގެރެންޓީ ޓްރަމްޕް ދީފައިވާ ކަމަށް ޑްއރޮޕްސައިޓުން ބުނެފި.

ޔަހޫދީން ވަނި ޓެރަރިސްޓް ސިފައިންނަށް އަލުން ރުކުރުވާލުމަށް އަންގާފި ކަމަށ ްޔަހޫދީ މީޑިއާއިން ބުނޭ،

ޔަހޫދީ ޓެރަރިސްޓުން ވަނީ ޖެނޮސައިދް ނިންމަން އެއްބަސްވި ފަހުންވެސް ޣައްޒާގެ ތައްލުންހަވާއަށް ބޮން އަޅާފައި.

ޔަހޫދީ ޓެރަރިސްޓުން ވަނީ ޚާން ޔޫނުސްއަށްވެސް ބޮން އަޅާފައި.

ޖެނޮސައިޑް ނިންމަން އެއްބަސްވި ފަހުންވެސް ޣައްޒާ ސިޓީގެ ދެކުނުގެ ގެތަކަށްވެސް ބޮން އަޅައި އެތަންތަން ގޮއްވާލި.

ޔަހޫދީން ސިފައިން ބުނަނީ ޖެނޮސައިޑް ނިންމަން އެއްބަސްވިކަމުގައި ވިއަސް އަދިވެސް ޔަހޫދީ ޓެރަރިސްޓުން ޣައްޒާ ވަށާލާފައިވާ ކަމަށާއި ޣައްޒާ ސިޓީއަށް މިސްރާބު ޖަހާ މީހެއް ނަމަ ބަޑި ޖަހައި މަރާލާނެ ކަމަށް،.

 

 

ހިއްސާ ކުރައްވާ!