އަލްމިންބަރު ފިލްމުގައި އަޒުހަރުގެ ދައުރު ފާހަގަ ކޮށްފައިވޭ

މިސްރުގެ އިސްކަންދަރިއްޔާ ފިލްމު ފެސްޓިވަލްގައި ފުރަތަމަ ފަހަރަށް ދެއްކި އަލްމިންބަރު ފިލްމަށް ގިނަ ބައެއްގެ ޝައުގުވެރިކަން ހޯދައިފިއެވެ. މިސްރުގައި އަލަށް ނެރުނު "އަލްމިންބަރު" ފިލްމަކީ އަލްއަޒްހަރުގެ ޤައުމީ އަދި ތާރީޚީ ދައުރު ދައްކުވައިދޭ ފިލްމެއް ކަމަށް އެ ފިލްމުގެ ޕްރޮޑިއުސަރު ބުނެއެވެ. މި ފިލްމު ވަނީ އެލެކްސެންޑްރިއާ އިންޓަނޭޝަނަލް ފިލްމް ފެސްޓިވަލްގެ 41 ވަނަ ދައުރުގެ އިފްތިތާހީ ފިލްމުގެ ގޮތުގައި ހޮވާފައެވެ.

މިފިލްމު އައިސްފައި ވަނީ އަޒުހަރާ ދެކޮޅަށް ޒަޔަނިސްޓު ޔަހޫދީން ފުޅާ ދާއިރާއެއްގައި ޕްރޮޕެގެންޑާ ފަށާފައިޥާ ދުވަސްވަރެއްގައެވެ.

ދެ އަހަރުގެ ތެރޭގައި ތައްޔާރުކޮށްފައިވާ މި ފިލްމުގައި އަލްއަޒްހަރުގެ މުހިންމު ތާރީޚީ ހާދިސާތައް ގެނަސްދީފައި ވެއެވެ. އޭގެ ތެރޭގައި ފަރަންސޭސިން މިސްރަށް ދިން ހަމަލާއާއި (1798-1801)، އިނގިރޭސިންގެ އިސްތިއުމާރާ ދެކޮޅަށް ކުރިއަށް ގެންދިޔަ 1919 ގެ އިންޤިލާބު، 1967 ގައި ޔަހޫދީން ދިން ހަމަލާގައި އަޒުހަރުން ދިން ރައްދު އަދި 1973 ގެ އޮކްޓޯބަރު ހަނގުރާމައިގައި އަޒުހަރުގެ ދައުރު ފާގަގަ ކޮށްފައި ވެއެވެ. އަދި ފަލަސްޠީނު މައްސަލައިގައި އަލްއަޒްހަރުން މިހާރު ގެންގުޅޭ އިޒއިސްރާއީލާ ދެކޮޅުވެރި ސިޔާސަތުވެސް ގެނަސްދީފައި ވެއެވެ.

މި ފިލްމުގެ މަންޒަރުތައް ނަގާފައި ވަނީ އަޒުހަރުގެ ތާރީ ތަންތާގައެވެ. އިމާމުލްއަކްބަރުގެ އޮފީހާއި މަދީނަތުލްބުޢޫޘްގެ މަންޒަރުތައްވެސް ހިމެނެއެވެ. މަދީނަތުލްބުއޫޘަކީ އަލްއަޒްހަރުގައި ކިޔަވާ 120 އަށްވުރެ ގިނަ ޤައުމުތަކުގެ ކުދިން ދިރިއުޅޭ ވަކި ސިޓީއެކެވެ.

ފިލްމުގެ މައިގަނޑު ރޯލު ކުޅެފައި ވަނީ ޖަޒާއިރުގެ މީހެކެވެ. އޭނާ ބޭނުން ކޮށްފައިވަނީ އަޒުހަރަކީ ބައިނަލްއަގްވާމީ މުއައްސަސާއެއް ކަމުން ހަމައެކަނި މިސްރަށް ކްރެޑިޓް ނުދިނުމުގެ މަގްސަދުގައި ކަމަށް ޕްރޮޑިއުސަރު ބުނެއެވެ.

މިފިލްމު ތައްޔާރުކުރުމުގައި އަލްއަޒްހަރުގެ ފުރިހަމަ އެއްބާރުލުން ލިބުނު ކަމަށް ޕްރޮޑިއުސަރު ބުނެއެވެ.

ހިއްސާ ކުރައްވާ!