ބަޠަލް މަރުވާން ބަރުޣޫޘީ މިނިވަން ނުކުރާނެ ކަމަށް ޔަހޫދީން ބުނެފި

ޒަޔަނިސްޓު ޔަހޫދީ ސަރުކާރުގެ ސްޕޯކްސްޕަރސަން މިއަދު ބުރާސްފަތި ދުވަހު ހާމަކުރި ގޮތުގައި، ޣައްޒާގައި ހިންގާ ޖެނޮސައިޑް ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ދަށުން ކުރިއަށްގެންދާ ވަގަށް ނަގާފައިވާ ފަލަސްޠީނު މީހުން މިނިވަން ކުރުމާއި ޔަހޫދީންގހެ ހަނގުރާމައިގެ އަސީރުން ދޫކޮށްލުމުގެ ތެރޭގައި ފަތަހު ޖަމާޢަތުގެ ލީޑަރު ބަޠަލް މަރުވާން ބަރުޣޫތީ ހިމެނިގެން ނުދާނެއެވެ.

ނިއުސް ކޮންފަރެންސެއްގައި ޔަހޫދީ ތަރުޖަމާން ޝޫޝް ބަދަރްސިއާން ބުނި ގޮތުގައި މި މަރުހަލާގައި ބަރުޣޫތީ ދޫކޮށެއް ނުލާނެ އެވެ. އެކަމަކު މިސްރުގައި ދެއްކި ވާހައިގައި އޭނާ ދޫކޮށްލާނެ ކަމުގެ އިޝާރާތެއް ޔަހޫދީން ދިނެވެ. އަދި ހަމާސްއިން ވަނީ އިސްރާއީލުން ދޫކޮށްލާ ވަގަށް ނަގާފައިވާ 2000 ފަލަސްޠީނު މީހުންގެ ތެރޭގައި ބަރުޣޫޘީ މެނުމަށެވެ.

މިއީ ޓްރަމްޕްގެ ޣައްޒާއާ ގުޅޭ ޕްލޭންގެ ފުރަތަމަ މަރުހަލާގެ އެއްބަސްވުމުގައި އަދި ސޮއި ނުކުރެވެނިސް ޔަހޫދީން އެއާ ޚލާފް ވުމަށް ކުރަމުންދާ މަސައްކަތުގެ ބައެކެވެ.

ހިއްސާ ކުރައްވާ!