ޓެރަރިސްޓް އިސްރާއީލު ސިފައިންގެ އެންމެ އިސް ވެރިޔާ އެޔަލް ޒަމީރު، ވަނީ ޣައްޒާގައި ތިބި ޔަހޫދީ ޓެރަރިސްޓް ސިފައިންނަށް މުހިންމު މެސެޖެއް ދީފައެވެ. އޭނާ ބުނެފައި ވަނީ ހަނގުރާމަ އަދި ނިމުމަކަށް އައިސްފައި ނުވާ ކަމަށާއި، ކޮންމެ ވަގުތެއްގައި އައު ހަނގުރާމައެއް ފެށިދާނެތ ކަމަށެވެ. އަދި ޔަހޫދީ ޓެރަެރިސްޓް ސިފައިން ފުލް އަލާޓްގައި ތިބުމަށް އަންގާ ކަމަށެވެ.
ޒަމީރުގެ މި ވާހަކަ އައިސްފައިވަނީ ހަނގުރާމައިގެ ހަރަކާތްތައް ވަގުތީގޮތުން ހުއްޓާލައި، ހަނގުރާމަ ހުއްޓުމުގެ އެއްބަސްވުމެއް ތަންފީޒުކުރަން ގޮވާލާ ދަނޑި ވަޅެއްގައެވެ.
މުހައްލިލުން ލަފާ ކުރާ ގޮތުގައި ޣައްޒާގައި ޔަހޫދީންނަށް ޓެރަރިސްޓް ހަމަލަތައް ނުދެވެނީ ނަމަ އެމީހުން ދެން އަމާޒު ހިފާނީ ޣައްޒާއަށް ހަދާލި ގޮތ ހުޅަނގު އައްސޭރިއަށް ހަދާލަން އެދިމާއަށެވެ.
ޒަމީރު ބުނެފައި ވަނީ މިހާރު ހިނގަމުންދާ ޖެނޮސައިޑް ހުއްޓާލުމަކީ ޒަޔަނިސްޓު އިސްރާއީލުގެ ނިންމުމެއް ނޫންކަމަށެވެ.







