ޔަހޫދީންގެ ސަރުކާރުން ޖެނޮސައިޑް ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވުމާއެެކު ފުރަތަމަ މަރުހަލާއަށް އަމަލު ކުރަން ފަތިހުން ފެށިއްޖެއެވެ.
މި އެއްބަސްވުމުގެ ދަށުން ވަގަށް ނަގާފައިވާ މީހުންނާއި އަސީރުން 72 ގަޑި އިރުގެ ތެރޭގައި ދޫކޮށްލަން ޖެހެއެވެ.
ނަމަވެސް ދާއިމީ ޖެނޮސައިޑް ނިންމުމާއި ސުލްހައެއް ގެނައުމަށް މި އެއްބަސްވުން ފެތޭނެ ގޮތުގެ ތަފްސީލުތައް އަދިވެސް ސާފެއް ނޫނެވެ.
ޚަލީލުްހައްޔާ ވިދާޅުވަނީ ޔަހޫދީން ޣަދަރުވެރި ނުވަނެ ކަމުގެ ގެރެންޓީ މެދުވެރިންނާއި އެމެރިކާ ވަނީ ދީފައެވެ.
ޔަހޫދީންގެ ކެބިނެޓުން އެއްބަސްވުމަށް ވޯޓުލާން އުޅެފައި ދެފަހަރަށ ްލަސް ކުރިއެވެ.
ހުކުރު ދުވަހުގެ މެންދަމު އެކަން ފާސް ކުރީއެވެ.
ޔަހޫދީ ނުލަފާ ވަޒީރު ބެން ގްވީރު ބުނެފައި ވަނީ ހަމާސްއަށް ބާރުދޭ ސަރުކާރެއްގައި ހުންނަން ބޭނުން ނުވާ ކަމަށެވެ،. އެއްވެސް ނުލަފާ ޔަހޫދިއަކު އިސްތިއުފާ ދިން ކަމެއް އަދި ނޭނގެއެވެ،.
ހަމާސްގެ މަޝްވަރާ ޓީމުގެ އިސްވެރިޔާ ޚަލީލް އަލްހައްޔާ ވިދާޅުވެފައިވަނީ، މި އެއްބަސްވުމުގެ ފުރަތަމަ ފިޔަވައްސާއެކު ޣައްޒާގެ ހަނގުރާމަ "މުޅިން ނިމުމަކަށް އައިސްފައިވާ" ކަމުގެ ޔަގީންކަން އެމެރިކާ އާއި މެދުވެރިންގެ ފަރާތުން ލިބިފައިވާ ކަމަށެވެ.