ޖެނޮސައިޑް ނިންމަން އެއްބަސްވި ފަހުންވެސް ޔަހޫދީ ޓެރަރިސްޓް ސިފައިން ހަމަލާ ނުހުއްޓާ

ޖެނޮސައިޑް ނިންމަން އެއްބަސްވިތާ މިހާރު ދެގަޑި އިރަށް ވުރެން ގިނަ އިރު ފާއިތު ވެއްޖެއެވެ. މިފޮޅުވަތްތައް ލިޔަމުންދާއިރުވެސް ޣައްޒާގެ ޚާން ޔޫނިސްއަށް ޔަހޫދީ ޓެރަރިސްޓް ސިފައިން ދަނީ ބޮން އަޅަމުންނެވެ.

ޔަހޫދީން ކުރިން ބުނެފައި ވަނީ ޔަހޫދީންގެ ކެބިނެޓް ކޮމިޓީން ޖެނޮސައިޑް ނިންމަން އެއްބަސްވާ ހިސާބުން ހަމަލަތައް ހުއްޓާލާނެ ކަމަށެވެ.

ޔަހޫދީން ދަނީ ހުޅަނގު އައްސޭރިއަށް ދޭ ހަމަލަތައްވެސް މިހާރު ވަރުގަދަ ކޮށްފައެވެ.

ޙުޅަނގު އައްސޭރީގައި ގެތައްް ވައްޓާލައި ރާމަﷲއަށް ބޮން އަޅަމުން ދެއެވެ.

 

ހިއްސާ ކުރައްވާ!