ޖެނޮސައިޑްގައި ޔަހޫދީން ޝަހީދުކޮށްލި ނޫސްވެރިންނަށް އިންސާފު ހޯދައިދޭން ގޮވާލައިފި

ޣައްޒާގައި ޝަހީދުކޮށްފައިވާ ނޫސްވެރިންނަށް އިންސާފު ހޯދައިދިނުމަށާއި، ބައިނަލްއަޤްވާމީ ނޫސްވެރިންނަށް ޣައްޒާއަށް ވަދެވޭނެ މަގު ތަނަވަސްކޮށްދިނުމަށް ރިޕޯޓަރސް ވިތައުޓް ބޯޑަރސް އިން ގޮވާލައިފިއެވެ.

އެ ޖަމްއިއްޔާއިން މިއަދު ހުކުރު ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ދެ އަހަރަށްވުރެ ދިގު މުއްދަތަކަށް ދެމިގެންދިޔަ އިސްރާއީލީ ޖެނޮސައިޑް ހަމަލާތަކުގައި 220 އާ ގާތްކުރާ އަދަދަކަށް ނޫސްވެރިން ޝަހީދުވެފައިވާ ކަމަށެވެ. އޭގެ ތެރެއިން 56 ނޫސްވެރިން ޝަހީދުވެފައިވަނީ އެ ފަރާތްތަކުން ނޫސްވެރިކަމުގެ މަސައްކަތުގައި އުޅެނިކޮށެވެ.

ހިއްސާ ކުރައްވާ!