ތަފާސްހިސާބުން ޔަހޫދީން ހިންގި ޖެނޮސައިޑް

ޔަހޫދީން ދެ އަހަރު ދުވަސް ވަންދެން ހިންގި ޖެނޮސައިޑްގެ ހަމަލާއާ ގުޅޭގޮތުން ޣައްޒާގައި ހުންނަ ސަރުކާރުގެ މީޑިއާ އޮފީހުން ރިޕޯޓްކޮށްފައިވާ މުހިންމު ތަފާސްހިސާބުތައް:

💣 ޔަހޫދީ ޓެރަރިސްޓް ސަރުކާރުން އެޅި ބޮމުގެ އަދަދު:

ޣައްޒާއަށް 2 ލައްކަ ޓަނަށް ވުރެން ގިނައިން ގޮވާތަކެތި އަޅާފައި ވެއެވެ.

މަދަނީ އިންފްރާސްޓްރަކްޗަރގެ %90 ހަލާކުކޮށްފައި ވެއެވެ.

ޣައްޒާގެ %80 ސަރަޙައްދު ހިފައި، މަޖުބޫރުކޮށްގެން މީހުން ވބަޒަނުން ބޭރުކޮށްފައި ވެއެވެ.

އަލްމަވާސީގެ ސަރަހައްދަކީ "ރައްކާތެރި އިންސާނީ ސަރަހައްދެއް" ކަމަށް އިއުލާން ކުރި ނަމަވެސް ޔަހޫދީން ވަނީ 150 އަށް ވުރެ ގިނަ ފަހަރު އެ އަވަށަށް ބޮން އަޅާފަ އެވެ.

🧍 ♂️ އިންސާނީ ގެއްލުން

77،000 މީހުން މަރުވެ ނުވަތަ ގެއްލިފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ؛

20،000 އަށް ވުރެން ގިނަ ކުޑަ ކުދިން

12،500 އަންހެނުން

އެއް އަހަރުން ދަށުގެ 1،000  އަށް ވުރެން ގިނަ ތުއްތު ކުދިން

އުފަންވިތާ މާގިނައިރުތަކެއް ނުވެ މަރުވި އަލަށް އުފަންވި 450 ކުދިން.

39 ހާސް އާއިލާއެއް ޔަހޫދީން ވަނީ އާއިލާގެ ރަޖިސްޓްރީން އެއްކޮށް ފޮހެލާފައެވެ.

🏥 ޕްރޮފެޝަނަލްސް ޝަހީދުކޮށްލުމާއި މުއައްސަސާތައް ހަލާކުކޮށްލުން:

 16700 އަށް ވުރެން ގިނަ ސިއްޙީ ދާއިރާގެ ހުނަރުވެރިން ޝަހީދުކޮށްފައިވޭ

254  ނޫސްވެރިންނާއި، 140 ސިވިލް ޑިފެންސް ވޯކަރުންނާއި، އަދި 1000 އަށް ވުރެން ގިނަ ފުލުހުންނާއި އެހީތެރިން ޝަހީދުކޯށްފައި ވެއެވެ.

170،000 އަށް ވުރެން ގިނަމީހުންނަށް އަނިޔާވެފައިވާއިރު، އޭގެ ތެރޭގައި ސީރިއަސް އަނިޔާތަކެއް ނުވަތަ ކަށިގަނޑު ބިނދިފައިވާ އެތައް ހާސް ބަޔަކު ހިމެނެއެވެ.

🏫 ތަޢުލީމާއި ޞިއްޙީ އިންފްރާސްޓްރަކްޗަރ ހަލާކުކޮށްލުން.

ޔަހޫދީން ވަނީ38  ހޮސްޕިޓަލާއި، 670 ސްކޫލާއި، 165 ޔުނިވަރސިޓީ/ތައުލީމީ މުއައްސަސާ ހަލާކު ކޮށްފައެވެ.

13،500 ދަރިވަރުންނާއި، 830 ޓީޗަރުންނާއި، 193 އެކަޑަމިކްސް ޝަހީދުކޮށްފައި ވެއެވެ.

އެމްބިއުލާންސްތަކަށާއި ސިއްހީ މަރުކަޒުތަކަށް 788 އަށް ވުރެން ގިނަ ފަހަރު ހަމަލާ ދީފައި ވެއެވެ

🕌 ދީނީ އަދި ސަގާފީ ތަންތަން ހަލާކުކޮށްލުން:

835  މިސްކިތެއް މުޅިން ހަލާކުކޮށްލައިފައި ވެއެވެ.

3 ފައްޅި އެއް ހަލާކުކޮށްފައި ވެއެވެ.

40  ސަހަރާއެއް ހަލާކުކޮށްލާފައި ވެއެވެ.

ޔަހޫދީން ވަނީ 2450 އަށް ވުރެން ގިނަ ގަބުރު ވަގަށް ނަގާފައެވެ.

ވަޅުލާނެ ގޮތެއް ނެތިގެން ހޮސްޕިޓަލްތަކުގެ ތެރޭގައި 7 ޖަމާއީ މަގްބަރާތަކެއް ހަދާފައި މީހުން ވަޅުލާފައި ވެއެވެ.

🏠 ބޯހިޔާވަހިކަމާއި މީހުން ވިއްސިވިހާލި ކުރުން:

ޔަހޫދީން ވަނީ 500،000  ހައުސިން ޔުނިޓް ހަލާކުކޮށްލާފައެވެ.

އެކަށީގެންވާ ހިޔާވަހިކަން ނެތް ތަންތަނުން 2 މިލިއަން މީހުން ބޯހިޔާވަހިކަން ހޯދިއެވެ.

🚫 ހިސާރަ ކުރުމާއި ޔަހޫދީންގެ ބަނޑަށް ޖެއްސުން

600 އަށް ވުރެން ގިނަ ދުވަސް ވަނދެން ބޯޑަރު ބަންދުކޮށް ޣައްޒާ އެކަހެރި ކުރުން.

އެތައް ލައްކަ އެހީދޭ ޓްރަކްތައް ނުވައްދައި ހުރަސް އެޅުން.

ޔަހޫދީން ވަނީ 460 އަށް ވުރެން ގިނަ މީހުން ބަނޑަށް މަރާފައެވެ.

އެހީ ހޯދަން ދިޔަ މީހުންނަށް ބަޑި ޖަހައި ޔަހޫދީން ވަނީ 2600 މީހުން ޝަހީދު ކޮށްލާފައެވެ.

💰 އިޤްތިޞާދީ އަސަރު

ޔަހޫދީން ފަލަސްޠީނުގެ އިގްތިސާދަށް ދިން ގެއްލުން 70 ބިލިއަން ޑޮލަރަށް އަރައެވެ.

🔒 މީހުން ވަގަށް ނެގުމާއި އަނިޔާކުރުން

ޔަހޫދީން ވަނީ ފަލަސްތީނުގެ 6،700 އަށް ވުރެން ގިނަ މީހުން ވަގަށް ނަގައި އަނިޔާކޮށްފައެވެ. އޭގެ ތެރޭގައި މެޑިކަލް އަދި މީޑިއާގެ ދާއިރާގެ މަސައްކަތްތެރިން ހިމެނެއެވެ.

ހިއްސާ ކުރައްވާ!