ޔަހޫދީން ޖެނޮސައިޑް ހިންގީ އެމެރިކާގެ ހިތްވަރު ދިނުމާއެކު ބިރަކާ ނުލައި

ބިރަކާ ނުލައި އެމެރިކާގެ ވާގި ވެރިކަމާއެކު ޔަހޫދީން ހިންގި ޖެނޮސައިޑްގައި މީހުން މަރާފައި އެއްލާލާފައިވާ ތަންތަނުން ފަލަސްޠީނު ޝަހިދުންގެ ގަބުރުތައް ދަނީ ފެންނަމުންނެވެ. ފަލަސްޠީނުގެ ނޫސް އެޖެންސީ ވަފާ އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ޣައްޒާގެ އެކި ހޮސްޕިޓަލްތަކަށް މިއަދުގެ މެންދުރާ ހަމައަށްވެސް ފަލަސްޠީނުގެ 155 ޝަހީދުންގެ ހަށިގަނޑު ގެނަސްފައި ވެއެވެ. މީގެ ތެރެއިން 135 މީހުންގެ ހަށިގަނޑު ހޯދާފައި ވަނީ ބޮން އަލައިގެން ޔަހޫދީ ޓެރަރިސްޓް ސިފައިން ހަލާކުކޮށްފައިވާ އިމާރާތްތަކުގެ ތެރެއިންނެވެ.

ޒަޔަނިސްޓު އިސްރާއީލުގެ ޖެނޮސައިޑް ހަމަލަތައް ވަގުތީ ގޮތުން ހުއްޓާލުމަށްފަހު، އެކި ސަރަހައްދުތައް ބަލައި އިންސާނުންގެ ގަބުރުތައް ހޯދަމުންދާ ޓީމުތަކަށް މިހާރު ވަނީ ހަލާކުވެފައިވާ އިމާރާތްތަކަށް ވަދެ، ޖެނޮސައިޑް ޔަހޫދީ ހަމަލާތަކުގައި ޝަހީދު ކޮށްފައިވާ މީހުންގެ ހަށިގަނޑުތައް ނެގުމުގެ މަސައްކަތް ފަށާފަްއެވެ.

ވަފާއިން ހާމަކުރި ގޮތުގައި، ޣައްޒާ ސިޓީގެ އަލްއަހްލީ އަރަބް ހޮސްޕިޓަލަށް 60 ހަށިގަނޑު، ޣައްޒާ ސިޓީގެ އައްޝިފާ ހޮސްޕިޓަލަށް 43 ހަށިގަނޑު، ޚާން ޔޫނިސްގެ ނާސިރު ހޮސްޕިޓަލަށް 32 ހަށިގަނޑު، ދޭރުލްބަލަހްގެ އަލްއަޤްސާ ޝަހީދުންގެ ހޮސްޕިޓަލަށް 16 ހަށިގަނޑު، އަދި ނުސެއިރާތުގެ އަލްއައުދާ ހޮސްޕިޓަލަށް 4 ހަށިގަނޑު ގެނަސްފައި ވެއެވެ. އަދި އިތުރު މީހުންގެ ހަށިގަނޑުތައް ފެންނާނެ ކަމަވެސް ލަފާ ކޮށްފައި ވެއެވެ.

ހިއްސާ ކުރައްވާ!