ހަމާސްގެ މެހުމާންދާރީގައި ތިބި ޔަހޫދީ ހަނގުރާމައިގެ އަސީރުން މިއަދު ބަދަލު ކުރަން ފަށާނެއެވެ. ހަމާސްއިން 48 އަސީރުން ދޫކޮށްލާނެ ކަމަށް އިއުލާނުކޮށްފައި ވެއެވެ. ޔަހޫދީން ވަނީ ހަމާސްއާއެކު އެއްބަސްވި އަސީރުންގެ ލިސްޓަށް އުނިއިތުރު ގެނަސް، މުހިންމު ލީޑަރުން ދޫކޮށްލުމަށް ދެކޮޅު ހަދާފައެވެ. ޔަހޫދީ މީޑިއާއިން ބުނަނީ ޔަހޫދީން ވަގަށް ނަގާފައިޥާ ފަލަސްޠީނު މީހުންގެ ތެރޭން ދޫކޮށްލާ މީހުން މިހާރު އެހެން ޖަލަކަށް ބަދަލުކޮށްފައިޥާ ކަމަށެވެ.
ޔަހޫދީން ވަގަށް ނަގާފައިޥާ ފަލަސްޠީނުގެ 11 ހާހަށް ވުރެން ގިނަ މީހުންގެ ތެރޭން މި ބުރުގައި ދޫކޮށްލާނީ ދެ ހާސް މީހުން ކަމަށް ބެލެވެއެވެ.
ހަމާސްގެ އިސް އޮފިޝަލް އުސާމާ ހަމްދާން ވިދާޅުވި ގޮތުގައި ޔަހޫދީ ހަނގުރާމައިގެ އަސީރުން ދޫކޮށްލުން ކުރިއަށްދާނީ އެއްބަސްވެވުނު ގޮތުގެ މަތިންނެވެ. ނަމަވެސް 72 ގަޑިއިރުގެ މުއްދަތުގެ ތެރޭގައި މަރުވެފައިވާ ހަނގުރާމައިގެ ބައެއް އަސީރުންގެ ގަބުރުތައް ހަވާލު ކުރުމުގައި ގޮންޖެހުންތަކެއް ހުންނާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އެމީހުން މަރުވެފައި ވަނީ ޔަހޫދީން ބޮން އަޅައި ދިން ވައިގެ ހަމަލަތަކުގައެވެ. އެމީހުން އިމާރާތްތަކުގެ ދަށުވެފައިވުމާއެކު އެތަންނަށް ބޭނުން ކުރާނެ ބުލްޑޯޒަރުތަކެއް ޣައްޒާއަކު ނެތެވެ.







