ޝަހީދު ސިންވާރުގެ އަތު ލިޔުމެއް ޖެނޮސައިޑް ލަޝްކަރަށް ލިބިއްޖެ

ފަލަސްޠީނުގެ މިނިވަންކަމުގެ ހަނގުރާމަ، އަޤްޞާ ޠޫފާންގެ މޭސްތިރި ޝަހީދު ޔަހްޔާ ސިންވާރުގެ އަތުން ލިޔެފައިވާ ލިޔުމެއް ފެނިފައިވާ ކަމަށް ޖެނޮސައިޑް ސިފައިން އިއުލާން ކޮށްފިއެވެ. ޔަހޫދީ ސިފައިން ބުނަނީ އެ ލިޔުމުގައި ބަޔާން ކޮށްފައި ވަނީ 80 އަހަރު ވަންދެން ފަލަސްޠީނުގެ ބިންތައް ހިފައިގެން ނަސްލު ނައްތާލުމުގެ ހަނގުރާމަތައް ކުރަމުންދާ ޒަޔަނިސްޓުންނާ ދެކޮޅަށް ހަމާސްއިން ހަނގުރާމަ ކުރާނެ ގޮތާ ބެހޭ ގޮތުންނެވެ.

އަދި އެ ލިޔުމުގައި އަޤްޞާ ޠޫފާނުގައި ކަން ކުރަންވާ ގޮތުގެ އިރުޝާދުވެސް ހިމަނާފައިވާ ކަމަށެވެ. އެގޮތުން ޔަހޫދީން ހިފާފައިވާ ޣައްޒާގެ އެންމެ މުއްސަނދި ދަނޑުބިން ކަމަށްވާ 40 ކިލޯމީޓަރުގައި ހިމެނޭ ޣިލާފް ޣައްޒާގެ ރައްކަލުގައި ޔަހޫދީން ދަމާފައިވާ ކަށިނަރުތައް ކޮށައިގެން ވަދެ ހަމަލަ ދޭނެ ގޮތްތައް ބަޔާން ކޮށްފައި ވެއެވެ.

ޖެނޮސައިޑް ލަޝްކަރުން ބުނަނީ އެ ލިޔުން ފެނުނީ ޣައްޒާއިން ކަމަށެވެ. އަދި އެއީ، ޝަހީދު ސިންވާރު އަތުން 2022 ވަނަ އަހަރުގެ އޮގަސްޓް މަހު ލިޔެފައިވާ ލިޔުމެއް ކަމަށެވެ. ސިންވާރަކީ ޔަހޫދީ އިސްތިއުމާރީ ބާރުގެ އެންގުމާ ދެކޮޅަށް ގައްޒާގައި މިސްކިތްތައް ބިނާކޮށް، މިސްކިތްތަކުން ޖީލެއް ބިނާ ކުރުމަށް މަސައްކަތް ކުރި ފަރާތެކެވެ.

ހިއްސާ ކުރައްވާ!