ސުއާލަކީ ގަތަރުގެ ވަފްދުގެ ކާރުގެ ބްރޭކް ފޭލިވެ ހުންގާނު ކޮންޓްރޯލުން ނެއްޓުނީ ކީއްވެ ހޭ؟

މިސުރުގެ ޝަރަމުއްޝައިޚުގައި ބޭއްވި ޖެނޮސައިޑް ނިންމުމާ ގުޅޭ މަޝްވަރާތަކުގައި ހަރަކާތްތެރިވި ޤަތަރުގެ ވަފްދުގެ އުޅަނދުގެ ހުންގާނު ކޮންތްރޯލުން ނެއްޓި، ބްރެކި ފޭލިވާން ޖެހުނީ ކީއްވެގެން ހެއްޔެވެ؟

މި ހިތާމަވެރި ހާދިސާގައި ޤަޠަރުގެ ވަފުދުގެ 3 މެންބަރުން ކަމަށްވާ ޑިޕްލޮމެޓް އަބްދުﷲ ބިން ޣާނިމް އަލްޚަޔާރީން، އަދި ހަސަން އަލްޖާބިރު އަދި ސައޫދު ބިން ތާމިރު އާލަތާނީ ވަނީ އަވަހާރަވެފައެވެ.

މި ހާދިސާގައި އަބްދުﷲ ބިން އީސާ އަލްކަވާރީ އަދި މުހައްމަދު އަލްބޫއައިނީން އަށް ވަނީ ބޮޑެތި އަނިޔާތަކެއް ވެފައެވެ. މި ދެބޭފުޅުން މިހާރު ވަނީ އެ ސަރަހައްދުގެ ހޮސްޕިޓަލެއްގެ އައި.ސީ.ޔޫގައި ފަރުވާއަށް އެނދުމަތިކޮށްފައެވެ.

މި އެކްސިޑެންޓް ހިނގާފައިވަނީ ވަފުދުގެ މެންބަރުން ސަމިޓް ބާއްވާ ސަރަހައްދަށް ދަތުރުކުރަމުން ދަނިކޮށް، އެކްސްޕްރެސްވޭގައި ކާރުގެ ކޮންޓްރޯލް ގެއްލި، ކާރު ބަންޑުން ޖެހުމުގެ ސަބަބުންނެވެ.

ހިއްސާ ކުރައްވާ!