ޔަހޫދީން ވަގަށް ނަގައިގެން ގެންގުޅުނު ފަލަސްޠިނުގެ ރަހީނުންނަށް ދުވާލަކު އެތައް ފަހަރު އަނިޔާ ކުރާ ކަމަށް ޔަހޫދީންގެ އަތުން މިނިވަންވި ރަހީނުން ބުނެފިއެވެ.
މިނިވަންވި ފަލަސްޠީނުގެ ރަހީނުން ބުނެފައި ވަނީ ޔަހޫދީންނަކީ ރަހުމު ކުޑަ ބަޔެއް ކަމަށާއި އެމީހުން މީހުންނާ މުއާމަލާތު ކުރުމުގައި އިންސާނިއްޔަތުގެ ކަންފުޅެއްވެސް ނުގެންގުޅޭ ކަމަށެވެ.
ރަހީނުން ބުނެފައި ވަނީ އަނގަ ބަހުން ގަނާ ކުރުމުގެ އިތުރުން ޔަހޫދީން މަޖަލަކަށް ރަބަޒު ވަޒަން ޖަހައި ޓީޒަރު ޖައްސައިވެސް ހަދާ ކަމަށެވެ.
އަދި ޔަހޫދީންގެ އަނިޔާތަކުގެ ސަބަބުން ގައިގައި އަބަދުވެސް ރިއްސުމެއް ހުންނަ ކަމަށާއި ބުރަކަށްޓަށް ގެއްލުން ލިބިފައިވާ ކަމަށެވެ.
ޔަހޫދީން ފަލަސްޠިނު މީހުން ރަހީނުކޮށްގެން ގެންގުޅެނީ ނާޒީން ޔަހޫދީން އެމީހުންގެ އަސީރުންގެ ގޮތުގައި ގެންގުޅުނު ގޮތަށް ވުރެން ލާއިންސާނީ ހާލަތެއްގައި ކަމަށް ބުނެއެވެ.
ޔަހޫދީން މިނިވަން ކުރި ފަލަސްޠީނުގެ ގިނަ މީހުން ތިބި ވަރަށް އަނަރޫފަ ކޮށެވެ.






