ޑރ.އަބޫ ސަލްމިޔާ:
ގައިދީންގެ ކިބައިން އަނިޔާގެ އަލާމާތްތައް ވަނީ ފެނިފައި. ބައެއް މީހުންގެ އަތްފައި ވަނީ ކަނޑާލާފަ.
ޣައްޒާގެ އަލްޝިފާ މެޑިކަލް ކޮމްޕްލެކްސްގެ ޑިރެކްޓަރު ޖެނެރަލް މުހައްމަދު އަބޫ ސަލްމިޔާ ވިދާޅުވަނީ ގައިދީން ގެ ކިބައިން ވަރުބަލިކަމާއި ބަލީގެ އަމާލާތްތައް ފެންނަ ކަމަށެވެ.
ގައިދީންގެ ތެރެއިން ބައެއް މީހުންގެ ގުނަވަންތައް ވަނީ ނަގާފައެވެ ނޫނީ ކަނޑާލާފައެވެ.
ގިނަ ގައިދީން ތިބީ ޒަޚަމްވެފައިޥާ ހާލަތުގައެވެ. ޔަހުދީންގެ ޖަލުތަކުން ޖަލުތަކުގައި އެމީހުންނަށް ބޭސްފަރުވާއެއް ދީފައެއް ނުވެއެވެ.
ޔަހޫދީންގެ ޖަލުތަކުގައި ފަލަސްޠީނުގެ ގިނަ ޑޮކްޓަރުންތަކެއް އެބަތިއްބެވެ.
ޣައްޒާގެ ހޮސްޕިޓަލްތަކުގައި އޮތް ކާރިދސީ ހާލަތު އަދިވެސް އޮތީ ހަމަ އެގޮތަށެވެ.
ބޭނުންވަނީ މެދުކެނޑުމެއްނެތި މެޑިކަލް ސާމާނުގެ ގާފިލާތައް އަންނާށެވެ.
ކެންސަރާއި ހިތުގެ ބަލި މީހުންނަށް އެއްވެސް ފަރުވާއެއް ނުލިބޭތާ މަސްތަކެއް ވެއްޖެއެވެ.






