ޖިޓެކްސް ގްލޯބަލް 2025 ގައި ދުބާއީ ފުލުހުން ވަނީ މަގުމަތީގައި ފޯރިއަށް ނިކުންނަ އައު ރޮބޯ ޕެޓްރޯލް ވެހިކަލް "ޑީޕީއާރު 02″ ތަޢާރަފުކޮށްފައެވެ. މިއީ އަމިއްލައަށް ދުއްވާ އަދި އޮޕަރޭޝަންސް ރޫމާއި ސީދާ ގުޅިފައިވާ އެޑްވާންސްޑް ޓެކްނޮލޮޖީއެކެވެ.
މި ޕެޓްރޯލް ވެހިކަލްގެ މަސައްކަތް ފުރަތަމަ ތައާރަފް ކުރާނީ ދުބާއީގެ ގްލޯބަލް ވިލެޖްގައެވެ. މިއީ ދުބާއީގެ ސްމާޓް ސެކިއުރިޓީގެ ދާއިރާގައި ދުނިޔޭގެ ކުރީ ސަފުގައި ތިބުމަށް އަޅާ މުހިންމު ފިޔަވަޅެކެވެ. މި ވެހިކަލްގައި 360 ޑިގްރީގެ ކެމެރާ ސިސްޓަމަކާއި އެޑްވާންސްޑް ސެންސަރު ސިސްޓަމްތައް ހިމެނެއެވެ.
މި ރޮބޯ ޕެޓްރޯލް ވެހިކަލްއަކީ އިންސާނުންނާއެކު މަސައްކަތްކުރެވޭގޮތަށް ފަރުމާކުރެވިފައިވާ އެއްޗެކެވެ. މީގެ ސްމާޓް ސިސްޓަމްތަކުން ވެށީގެ ހާލަތު ދެނެގަނެ، އޮޕަރޭޝަންސް ރޫމާއި ސީދާ ގުޅިގެން ވަގުތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅޭނެއެވެ.
މި ޕްރޮޖެކްޓަކީ ދުބާއީ ފުލުހުންގެ ސްމާޓް ސެކިއުރިޓީގެ މުސްތަޤުބަލަށް އެޅޭ މުހިންމު ފިޔަވަޅެކެވެ. މިއީ މަބު އަދި ސްމާޓް ސިސްޓަމްތައް ބޭނުންކޮށްގެން މުޖުތަމަޢުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްއަޅާ ފިޔަވަޅެކެވެ.







