ޕާކިސްތާން ސިފައިންގެ ޓޭންކެއް ހިފި މަންޒަރު އަފްޣާނިސްތާނުން ދައްކައިފި

ސޯޝަލް މީޑިއާގައި ފެތުރެމުންދާ ވީޑިއޯއެއްގައި ދައްކާގޮތުން، ޠާލިބާނުން ވަނީ ޕާކިސްތާނުގެ ސިފައިންގެ ޓޭންކެއް އަފްޣާނިސްތާނުގެ ބޯޑަރުން އެތެރެއަށް ގެނަސްފައެވެ. "އަފްޣާނިސްތާން އަންޑަރ ޠާލިބާން ރޫލް" އިން ޝާއިޢުކޮށްފައިވާ މި ވީޑިއޯގައި ދައްކަނީ ޕާކިސްތާނުގެ ދިދަ ޖަހާފައިވާ ޓޭންކެއްގެ މަތީގައި ހަތިޔާރު ހިފައިގެން ތިބި ބަޔަކާއި، ޠާލިބާނުންގެ ދިދަ ނަގާފައިވާ މަންޒަރެވެ.

ޕާކިސްތާނުން ވަނީ މިއީ ދޮގު ވާހަކައެއް ކަމަށް ބުނެ މިކަން ދޮގުކޮށްފައެވެ. ދެ ފަރާތް ދެމެދު ހަމަލަތައް ބަދަލުކޮށްފައި ވަނީ ޕާކިސްތާނުން ބުނާ ގޮތުގައި ތަހުރީކޭ ތާލިބާންގެ މަރުކަޒުތަކަށް ދިން ހަމަލަތަކަށ ްފަހުއެވެ. އަފްޣާނިސްތާނުން މިހަމަލައަށް ރައްދުދިނީ އާޓިލަރީ އާއި ޑްރޯން ހަމަލާތަކުންނެވެ. މިކަމުގެ ސަބަބުން ދެ ގައުމުގެ ބޯޑަރު ނުތަނަވަސްކަން ފެތުރިފައި ވެއެވެ. އަދި ޕާކސިްތާނުން ވަނީ އަފްޣާނިސްތާނާއެކު އޮންނަ ހުރިހައި ވިޔަފާރި އެއް ހުއްޓާލާފައެވެ.

ހިއްސާ ކުރައްވާ!