ފަލަސްޠީނާ މއެދު ގެންގުޅޭ ސިޔާސަތު ބަދަލު ކުރީ ކަމަށް ބުނެ މުޒާހަރާތައް

ޕާކިސްތާނުގައި މަނާކޮށްފައިޥާ ތަހުރީކޭ ލައްބައިކަ ޕާޓީން މުޒާހަރާތައް ކުރަން ފެށީ އެމީހުން ދެކޭ ގޮތުގައި ޕާކިސްތާނުން ޒަމާނުއްސުރެން ފަލަސްޠީނަށް ދެމުން އައި ތާއީދާ ޚިލާފަށް ސިއްރުން ޖެނޮސައިޑް ހުއްޓާލުމުގެ ޔަހޫދީ ޕްލޭނަށް ތާއީދުކުރަން ފެށުމާ ގުޅިގެންނެވެ. މިއީ ޕާކިސްތާނުން ފަލަސްތީނުގެ މައްސަލައިގައި އަބަދުވެސް ދެމުން އައި ތާއީދާ ޚިލާފަށް ސިޔާސަތަށް ގެނަސްފައިޥާ ބަދަލެއް ކަމަށް ގިނަ ބަޔަކު ދެކެއެވެ.

ތަހުރީކޭ ލައްބައިކަ ޕާކިސްތާން (ޓީއެލްޕީ) ގެ އެތައް ހާސް މީހުން ވަނީލާހޯރު، ކަރަޗީ އަދި ރަވަލްޕިންޑީ ފަދަ ބޮޑެތި ސިޓީތަކުގައި މުޒާހަރާކޮށްފައެވެ. މި މުޒާހަރާތައް ފެށުމަށް މިމީހުން ފަތުރާފައިޥާ ތަގްރީރުތަކުގައި ބުނެފަިއ ވަނީ ސަރުކާރުން އިސްލާމްދީނުގެ މަސްލަހަތު ޑޮލަރަށް ވިއްކާލައިފައިވާ ކަމަށެވެ.

ފީލްޑް މާޝަލް އާސިމް މުނީރުގެ އިސްނެގުމުގެ ދަށުން، ޕާކިސްތާނުން ދަނީ ޚާރިޖީ ސިޔާސަތު އެމެރިކާ އަދި ގަލްފް އެކުވެރިންނާ ދިމާލަށް ބަދަލުކުރަމުންނެވެ. އޭގެ ތެރޭގައި ބޭރުގެ އިންވެސްޓްމަންޓް އިތުރުކުރުމަށް ސްޕެޝަލް އިންވެސްޓްމަންޓް ފެސިލިޓޭޝަން ކައުންސިލް (އެސްއައިއެފްސީ) ފަދަ މަޝްރޫއުތައް ކުރިއަށް ގެންދިއުން ހިމެނެއެވެ.

ނަމަވެސް މި ބަދަލުތަކުގެ ސަބަބުން ގައުމުގެ ތެރޭގައި ބޮޑެތި މައްސަލަތަކާ ކުރިމަތިވެފައިވެއެވެ. ސެކިއުރިޓީ ބާރުތަކުން މުޒާހަރާތައް ރޫޅާލުމަށް ކަރުނަ ގޭސް، ރަބަރު ބުލެޓް އަދި ހަގީގީ ވަޒަން ބޭނުންކޮށްފައިވާއިރު، ހަމަނުޖެހުމުގައި އެތައް ބަޔަކު ވަނީ މަރުވެފައެވެ. އަދި އެތައް ބަޔަކު ހައްޔަރު ކޮށްފައި ވެއެވެ. އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން ވަނީ ސަރރުކާރުން އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކާމެދު ކަންބޮޑުވުން ފާޅުކޮށްފައެވެ.

ހިއްސާ ކުރައްވާ!