ކެނެޑާގެ ބޮޑުވަޒީރު މާކް ކާނީ ވިދާޅުވަނީ ޖެނޮސައިޑްއ މޭސްތިރި ނަތަންޔާހޫ ކެނެޑާއަށް އަތުވެއްޖެނަމަ އޭނާ ހައްޔަރުކުރާނެ ކަމަށެވެ. ކެނެޑާގެ ބޮޑުވަޒީރު މާކް ކާނީ ގެ މި ވާހަކަތަކާ ގުޅިގެން އިސްރާއީލާއި ކެނެޑާ ދެމެދު ޑިޕްލޮމެޓިކް ގުޅުން ގޯސްވެއްޖެއެވެ. އަދި ނެތަންޔާހޫގެ ފޮރިން ޕޮލިސީ އެޑްވައިޒަރު އޮފީރް ފަލްކް ވަނީ ކާނީގެ މި ބަސްތަކަކީ ޔަހޫދީ ދައުލަތަށް ޣައްދާރުވުން ކަމުގައި ސިފަކޮށްފައެވެ.
ކެނެޑާގެ ބޮޑުވަޒީރު މިހެން ވިދާޅުވީ ނަތަންޔާހޫ ޣައްޒާގައި މީހުން ބަނޑަށް ޖެއްސުން ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރާ ކަމަށް ބުނެ އިންޓަނޭޝަނަލް ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރަކާ ގުޅިގެންނެވެ.
މީގެ އިތުރުން، ކެނެޑާއިން ވަނީ ފަލަސްތީނު ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް ވެސް ނިންމާފައެވެ. މިއީ އިސްރާއީލުގެ މިހާރުގެ ސަރުކާރުގެ އަމަލުތަކާ ގުޅިގެން ނިންމި ނިންމުމެއް ކަމަށް ކާނީ ވިދާޅުވެއެވެ. އަދި ޣައްޒާގައި ހިނގަމުންދާ ޖެނޮސައިޑް ޢަމަލުތަކާމެދު އިތުރަށް ހަނުހުރެވެން ނެތް ކަމަށްވެސް ވިދާޅުވިއެވެ.
ދުނިޔޭގައި އިޒްރޭލަކީ ޖެނޮސައިޑް ހިންގާ ދައުލަތެއް ކަމަށް ގިނަ ބަޔަކު ދެކެއެވެ. އަދި ޒަޔަނިސްޓުން ވަނީ އިންސާނުން ފޫހިވާ ނެއްގާނި ބަޔަކަށް ވެފައެވެ.





