އައްޑޫ މީހުން ކައުންސިލާ ހެދި އުޅެނިކޮށް އިނގިރޭސިން ފޯޅަވަހި މޮރިޝަސްއާ ހަވާލުކޮށްފި

އައްޑޫގައި ކައުންސިލްތައް ހެދުމުގެ ބަހުސްގައި އައްޑޫ މީހުން ބިޒީކޮށް އުޅެނިކޮށް، އިނގިރޭސިވިލާތުގެ ޕާލަމެންޓުން ވަނީ ޗާގޯސް ޖަޒީރާތައް މޮރިޝަސްއާ ހަވާލުކުރުމަށް ގާނޫނެއް ފާސްކޮށްފައެވެ. މިއީ ލޭބަރ ޕާޓީގެ ލީޑަރު ސަރ ކީރ ސްޓާމަރުގެ އަޣުލަބިއްޔަތު އޮންނަ ޕާލަމެންޓުން 149 ވޯޓުން ފާސްކުރި ބިލެކެވެ. މިއީ މިއަހަރުގެ މެއި މަހު އިނގިރޭސި ސަރުކާރުން މޮރިޝަސްއާއެކު ސޮއިކުރި މުއާހަދާއާ އެއްގޮތަށް ފާސްކޮށްފައިވާ ބިލެކެވެ.

މބިިލުގެ ދަށުން:

  • ޗާގޯސް ޖަޒީރާގެ ސިޔާދަތު މޮރިޝަސްއަށް ދޫކޮށްލާނެ އެވެ.
  • ނަމަވެސް ޑިއެގޯ ގާސިއާގެ އަސްކަރީ މަރުކަޒު 99 އަހަރަށް އިނގިރޭސި ވިލާތާއި އެމެރިކާ ގެ ކޮންޓްރޯލުގެ ދަށުގައި އޮންނާނެއެވެ.
  • މި 99 އަހަރުގެ ތެރޭގައި ކޮންމެ އަހަރަކަށް އިނގިރޭސި ސަރުކާރުން 101 މިލިއަން ޕައުންޑް މޮރިޝަސްއަށް ޖިޒީގެ ގޮތުގައި ދޭނެއެވެ.
  • މި ފައިސާ ދައްކާހައި ހިނދަކު މޮރިޝަސްއަށް މި އެއްބަސްވުން އުވައެއް ނުލެވޭނެއެވެ.'
  • މި ޖަޒީރާތަކުގައި އިތުރު ފަރާތަކަށް އަސްކަރީ މަރުކަޒު ހެދުމަށް މޮރިޝަސްއަށް ހުއްދައެއް ނޯންނާނެއެވެ.
  • ޑީގޯ ގާސިއާގެ ވަށައިގެން 24 މޭލުގެ ސަލާމަތީ ބަފާ ޒޯނެއް އިނގިރޭސިންނަށް ގާއިމް ކުރުމަށް ބާރު ލިބޭނެއެވެ.

 

ހިއްސާ ކުރައްވާ!