ހުޅަނގު އައްސޭރީގެ އުތުރުގައި ޔަހޫދީންގެ ފަނާ ކުރުމާއި މަޖުބޫރުން ފަލަސްޠީނު މީހުން އެމީހުންގެ ވަޒަނުން ބޭރުކުރުމުގެ ކަންކަން ކުރިއަށްދާކަމަށް ހުޅަނގު އައްސޭރީގެ ދެކުނު ސަރަހައްދުގެ އޮންރުވާގެ ޑިރެކްޓަރު ވިދާޅުވެއެވެ. ޔަހޫދީ ޖެނޮސައިޑް ފޯސްއިން ދަނީ ޖެނިން، ޠޫލްކަރަމް އަދި ނޫރު ޝަމްސް ކޭމްޕްތަކަށް ވަދެ ހަމަލަތައް ދެމުންނެވެ. އަދި އެތަންތާނގެ ބައެއް ސަރަހައްދުތައް ހުސްކުރުމާއި އިސްތިއުމާރީ އަނިޔާވެރިކަމުގެ ސަބަބުން ފަލަސްތީނު މީހުން މަޖުބޫރުވެގެން ހިޖުރަކުރަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އިސްރާއީލުގެ ޖެނޮސައިޑް ސިފައިން ވަނީ ހުޅަނގު އައްސޭރީގެ ޠޫބާސްގެ ދެކުނުން އޮންނަ ޠަމޫން އަވަށަށް ވަދެފައެވެ. އަދި ނާބުލުސް ސިޓީގެ ދެކުނުގައި އޮންނަ ޔާނޫން ސަރަހައްދުގައި ފަލަސްޠީނުގެ ދަނޑުވެރިންނަށް އެމީހުންގެ ޒައިތޫނި ދަނޑުތަކުން ޒައިތޫނި ބިމުންވެސް ވަނީ މަނާކޮށްފައެވެ. މީގެ އިތުރުން އަލްބީރާ ސިޓީގެ އުއްމުއްޝަރާއިޠް ސަރަހައްދުގައި ހުރި އެޕާޓްމަންޓެއްވެސް ޖެނޮސައިޑް ފޯސްއިން ވަނީ އެމީހުންގެ ބާރުގެ ދަށަށް ގެނަސް އެތަނުން މީހުން ބޭރުކޮށްލާފައެވެ.
ހުޅަނގު އައްސޭރީގެ ހުޅަނގު ދެކުނު ސަރަހައްދުގެ އުތުރުގައި އޮންނަ ގަލްގީލިއްޔާ ސިޓީގެ ކަފަރު ސާބާ ސަރަހައްދުގައި ގޭގެއަށް އިސްރާއީލު ޖެނޮސައިޑް ސިފައިން ވަދެފައި ވެއެވެ. އަދި، އަދި ހުޅަނގު ދެކުނު ސަރަހައްދުގެ ދެކުނުގައި އޮންނަ ޚަލީލު ސިޓީގެ އުތުރުގައި އޮންނަ ބައިތު އަމްރު އަވަށަށް ވެސް އިސްރާއީލުގެ ޖެނޮސައިޑް ސިފައިން ވަދެފައިވާ ކަމަށް ރަށު ކައުންސިލުން މައުލޫމާތު ދީފައިވެއެވެ.







