ބައްޕަގެ ނަމާއި މަންމަގެ ނަންވެސް ޕާސްޕޯޓުގައި ހިމަނަން ނިންމައިފި

ޕާކިސްތާނުގައި އަލަށް ހަދާ ޕާސްޕޯޓްތަކުގައި ބައްޕަގެ ނަމުގެ އިތުރުން މަންމަގެ ނަންވެސް ހިމެނުމަށް ނިންމައިފިއެވެ. ޕާކިސްތާންގެ ޕާސްޕޯޓް ޑިޕާޓްމަންޓުން ބުނިގޮތުގައި، މި އަލަށް ނެރޭ ޕާސްޕޯޓްތަކުގައި ވާނީ އެންމެ ފަހުގެ ސެކިއުރިޓީ ފީޗާސްތައް ވެސް ހިމަނާފައެވެ. އަދި ވިސާ ޕޭޖްތަކުގައި އެކި ޕްރޮވިންސްތަކުގެ ތާރީޚީ އިމާރާތްތަކުގެ ފޮޓޯތައް ވެސް ހިމަނާފައި ވާނެ އެވެ. މިހަރު އައު ޕާސްޕޯޓްތައް ޗާޕްކުރަން ފަށާފައިވާ ކަމަށްވެސް ބުނެފައި ވެއެވެ.

 

ހިއްސާ ކުރައްވާ!