ޕާކިސްތާނާއި އަފްޣާނިސްތާނާ ދެމެދު ބޯޑަރުގައި ހަމަލާތައް ބަދަލުކޮށް ބަދަލު ހިފުމުގެ އަމަލުތަކުން މުހިންމު ވިޔަފާރީގެ މަގުތަކަށް ބުރޫއެރުމާ ގުޅިގެން ޕާކިސްތާނުގެ ގޭ ބިސީގެ ޚަރަދަށް ބޮޑު އަސަރެއް ކޮށްފިއެވެ. ޕާކިސްތާންގައި ޓޮމާޓޯގެ އަގު ވަނީ %400 އަށް އުފުލިފައެވެ.
އޮކްޓޯބަރު 11 އިން ފެށިގެން ޗަމަންފަދަ މުހިންމު ބޯޑަރު ހުރަސްކުރާ މަގުތައް ޕާކިސްތާނުން ވަނީ ބަންދުކޮށްފައެވެ. މިކަން ހިނގާފައިވަނީ ތަހުރީކޭ ތާލިބާން ޕާކިސްތާންގެ ހަނގުރާމަވެރި މަރުކަޒުތަކަށް ޕާކިސްތާނުން އަފްޣާނިސްތާނުގެ ސަރަޙައްދަށް ވަދެ ދިން ވައިގެ ހަމަލާތަކާ ހެދިއެވެ.
އަފްޣާނިސްތާނަކީ ޕާކިސްތާނަށް އެންމެ ގިނައިން ޓޮމާޓޯ ފޯރުކޮށްދޭ ޤައުމު ކަމަށްވުމުން، މިވިޔަފާރި ހުއްޓުމުގެ ސަބަބުން ބާޒާރުތަކަށް ދަތިކަމެއް ކުރިމަތިވެފައިވެ އެވެ. ޓޮމާޓޯގެ އަގު މިހާރު ވަނީ ކިލޯއަކަށް 600 ރުޕީސް އަށް ބޮޑުވެފައެވެ.
މިވަގުތު ޕާކިސްތާނަށް ލިބެމުން ދަނީ އިރާނުން ގެނެވޭ ވަރަށް ކުޑަ މިންވަރެއްގެ ޓޮމާޓޯ ކޮޅެކެވެ. އަދި ޕާކިސްތާންގައި ޓޮމާޓޯ އުފައްދަނީ ސިންދު ސަރަހައްދުގައެވެ. ނަމަވެސް އެއީ މަދު މިންވަރެކެވެ. މީގެ އިތުރުން މިހާރުގެ ހަމަނުޖެހުމުގެ ސަބަބުން ދެ ޤައުމުގެ ވިޔަފާރި އަށް ދުވާލަކަށް 1 މިލިއަން ޑޮލަރުގެ ގެއްލުމެއް ލިބޭނެ ކަމަށް ލަފާކުރެވެ އެވެ.





