އަންހެނުން ބޭނުން ކުރާ ޕެޑަށް ޕާކިސްތާނުން 40 ޕަސެންޓް ޓެކްސް ނަގާތީ ދައުވާ ކޮށްފި

މައްސަރު ކަންކަމަށް ބޭނުން ކުރާ ޕެޑަށް ޕާކިސްތާނުން ބޮޑުކޮށް ޓެކްސް ނެގުމަކީ އަންހެނުންނާ އަދާވާތްތެރިކަމުން ސަރުކާރުން ގެންގުޅޭ ސިޔާސަތެއް ކަމަށް ބުނެ ޕާކިސްތާން ސަރުކާރާ ދެކޮޅަށް ދައުވާ ކޮށްފިއެވެ. ޕާކިސްތާނުގައި 1990 ވަނަ އަހަރު ފާސްކުރި ސޭލްސް ޓެކްސް އެކްޓުގެ ދަށުން، އެގައުމުގައި އުފައްދާ ޕެޑުތަކަށް 18 އިންސައްތަ ސޭލްސް ޓެކްސްއެއް ނަގައެވެ. މީގެ އިތުރުން، އިމްޕޯޓް ކުރާ ޕެޑުތަކަށާއި އެތަކެތި އުފެއްދުމަށް ބޭނުންވާ ތަކެއްޗަށް 25 އިންސައްތައިގެ ކަސްޓަމްސް ޓެކްސް އެއް ވެސް ނަގައެވެ.

ޔުނިސެފް ޕާކިސްތާނުން ބުނާ ގޮތުގައި، އެހެނިހެން ޓެކްސްއާއެކު ޕެޑަށް ނަގާ ޖުމުލަ ޓެކްސްގެ މިންވަރު ގާތްގަނޑަކަށް 40 އިންސައްތައަށް އަރައެވެ. އަދި މިކަމަކީ އެ ޤައުމުގެ 100 މިލިއަނަށް ވުރެ ގިނަ އަންހެނުންނަށް އަސަރު ކުރާ ކަމެއް ކަމަށް ބުނެ މި މައްސަލާގައި ދައުވާ ކޮށްފައި ވަނީ އުމުރުން 25 އަހަރުގެ މަހްނޫރު އުމަރު އެވެ.

ހިއްސާ ކުރައްވާ!