އިސްލާމޯފޯބިއާ: އިންޑިއާގެ ހިންދީއަކާ އިނދެގެން އުޅޭ އެމެރިކާ ނާއިބް ރައީސްގެ އަގަލު ކުޑަ ވާހަކައެއް

އިންޑިއާގެ ހިންދީ އަންހެނަކާ އިނދެގެން އުޅޭ އެމެރިކާގެ ނާއިބް ރައީސް ޒަހްރާން މަމްދާނީއަށް މަލާމާތް ކުރުމުން އެމައްސަލަ ހިންދީންނާއި މުސްލިމުންގެ ދެބަސްވުމަކަށް ބަދަލު ވެއްޖެއެވެ.

ޑިމޮކްރެޓިކް ޕާޓީގެ މޭޔަރުގެ މަގާމު ކާމިޔާބު ކުރާނެ ކަމަށް ބެލެވޭ ޒަހްރާން މަމްދާނީ ވަނީ ޔަހޫދީންގެ މޮސާޑުން ރާވައިގެން ދިން ކަމަށް ބެލެވޭ 9/11 ގެ ހަމަލައަށްފަހު އޭނާގެ ބޮޑު ދައިތައަށް ދިމާވި ނަސްލީ ތަފާތު ކުރުމުގެ ހިތްދަތިކަމުގެ ވާހަކަ އަސަރާއެކު ކިޔައި ދީފައެވެ.

މި ވާހަކައަށް މަލާމާތް ކުރީ އިންޑިއާގެ ހައިދަރްއާބާދުގެ ކަޅު ނަސްލަކަށް ނިސްބަތްވާ ހިންދީ އަންހެނަކާ އިނދެގެން އުޅޭ އެމެރިކާގެ ނާއިބް ރައީސް ޖޭޑީ ވެންސް އެވެ. މަމްދާނީއަށް މަލާމާތް ކުރަމުން މިކަލޭގެ ބުނެފައި ވަނީ އެހެން ދިމާވީ އޭނާގެ ބޮޑު ދައިތަގެ ސިފަ ހުތުރުކަމުން ކަމަށް ބެލެވޭ ކަމަށެވެ.

ގިނަ ބަޔަކު ވަނީ މިއީ ވެންސްގެ ތަންދޮރު ނުދަންނަ ކަމުން ދައްކާފައިޥާ އިސްލާމިކްފޯބިއާގެ ވާހަކައެއް ކަމަށް ސިފަ ކޮށްފައެވެ. އޭނާގެ ބަސްމަގުގެ ފެންވަރު ދަށްކަމުން ގިނަ ބަޔަކު ވަނީ އޭނާއަށް ފާޑު ކިޔާފައެވެ.

ވެންސްގެ މުނާފިގު ކަން ސިފަކުރަމުން ފާޑު ކިޔާފައިޥާ އެންމެ މުހިންމު ފަރާތަކީ މީޑިއާގެ މަޝްހޫރު ތަރި މަހުދީ ހަސަން އެވެ.  މަހުދީ ބުނެފައި ވަނީ "ޚިޔާލަށް ގެންނާށެވެ! ކުލައިގެ ދަރިކޮޅުގެ އަންހެނަކާ އިނދެގެން މައްސުނި ނަސްލުގެ ކުދިން ލިބިފައިޥާ މީހަކު ކުލައިގެ ނަސްލުގެ އެހެން މީހުންނަށް މަލާމާތް ކުރާއިރު….. ވެންސް އަކީ ނުލަފާ މީހެއް" ކަމަށެވެ.

މަހުދީގެ ޕޯސްޓާ ގުޅިގެން އިންޑިއާގެ މީޑިއާގައި އޭނާ ނުބައިމީސްކޮށް އޭނާއަށް ފާޑު ކިޔާފައިޥާ ފަރާތްތަކަށް ހިތްވަރު ލިބޭ ގޮތަށް ރިޕޯޓުކޮށްފައި ވެއެވެ.

އެފްބީއައިގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި 9/11 އަށް ފަހު މުސްލިމުންނާ ދެކޮޅު ނަފްރަތުގެ ޖަރީމާތައް އެމެރިކާގައި 1،600 (އެއްހާސް ހަސަތޭކަ) ޕަސެންޓަށް އިތުރު ވެގެން ދިޔައެވެ. އަދި މަމްދާނީ ބުނެފައިވާ މުސްލިމުން އެހާދިސާއަށް ފަހު އިސްލާމޯފޯބިއާގެ ޝިކާރައަކަށްވި ވާހަކައަކީ ވެސް ހަގީގަތެކެވެ.

ތަންދޮރު ބެލުމަކާ ނުލައި ވެންސް ވަނީ މިކަމުގައި ޝިކާރައަކަށްވި މީހުންނަށް މަލާމާތް ރައްދުކޮށްފައެވެ.

ހިއްސާ ކުރައްވާ!