ޔަހޫދީން ޖެނޮސައިޑް ހަމަލަތައް ދެމުން ދަނީ ޣައްޒާގެ ހުރިހައި ސަރަހައްދަކަށް.
އ.ދ. ގެ ޚާއްސަ ރިޕޯޓަރު ފްރެންސެސްކާ އަލްބަނީޒް ވިދާޅުވަނީ ޔަހޫދީ ސިފައިން ޣައްޒާގައި ތިބޭހައި ހިނދަކު ޖެނޮސައިޑް ނުވަތަ ނަސްލު ނައްތާލުން ހުއްޓޫވާ ނުލެވޭނެ ކަމަށް.
އަދި އެމެރިކާ މެދުވެރިވެގެން ހަމަލާ ހުއްޓާލުމަށް އެއްބަސްވެފައިވީ ނަމަވެސް، އިޒްރޭލުން އަނެއްކާވެސް ޣައްޒާއަށް ހަމަލާ ދިނުމަކީ ހައިރާންވާންޖެހޭ ކަމެއް ނޫން ކަމަށް .
އަލްބަނީޒް ތުހުމަތުކުރައްވަނީ މިކަމަށ ްފަހިކޮށްދެނީ އދގެ ގެ މެންބަރު ޤައުމުތަކުން ކަމަށް.
އެކަމަނާ ވިދާޅުވީ ބައިނަލްއަޤްވާމީ ކޯޓުތަކުން ނަތަންޔާހޫގެ ހައްދުފަހަނައަޅާފައިވާ ސަރުކާރު ކޮންޓްރޯލް ކުރުމަށް މަސައްކަތް ކުރި ނަމަވެސް، މިދިޔަ ދެ އަހަރު ދުވަހު އިޒްރޭލުގެ ޖެނޮސައިޑަށް އދގެ މެމްބަރު ގައުމުތަކުން ސަމާލުކަން ނުދީ ދޫކޮށްލާފައިވާ ކަމަށް.




