އިންޑިއާގެ ކްރިކެޓްގެ މަންޒަރު ބަދަލުވަނީ

އިންޑިއާގެ އަންހެން ކްރިކެޓް ޓީމަށް ދަނީ ބޮޑު ބަދަލެއް އަންނަމުންނެވެ. އެގޮތުން، ޓީމުގައި ކުދި އަވަށްތަކުންނާއި ބޮޑެތި ސިޓީތަކާއި އެކަހެރި ދުރު ހިސާބުތަކުން ކުޅުންތެރިން އިތުރުވަމުންދާކަން ފާހަގަކުރެވެއެވެ. މި ބަދަލާ އެކު، ކްރިކެޓްގެ ދާއިރާގައި މުއްސަނދިކަމާއި މަޝްހޫރުކަމާއި ފުރުސަތުތަކާ މެދު އޮންނަ އާންމުންގެ ވިސްނުން ބަދަލުވަމުންދާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

މި ދުވަސްވަރަކ އިންޑިއާއިން އަންހެނުންގެ ކްރިކެޓް ތަށި ކާމިޔާބު ކުރުމުން ކުޅިވަރުގެ ފޯރި އިންޑިއާގެ ހުރިހާ ހިސާބަކަށް ފެތުރިގެން ދާ ދަނޑިވަޅެކެވެ. މި ކުރިއެރުން ފެނިގެންދަނީ މިފަހުން އިންޑިއާގެ އަންހެން ޓީމުން ވިމެންސް އޯޑީއައި ވޯލްޑް ކަޕްތަކުގައި ދައްކާފައިވާ ވަރުގަދަ ކުޅުމުގެ ފަންނުވެރިކަމާ ގުޅިގެންނެވެ. މި މުބާރާތްތަކުގައި، ބޮޑެތި ސިޓީތަކާ ދުރުން އައިސްފައިވާ ބޭރުގެ ކުޅުންތެރިން ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ.

މި ކާމިޔާބީގެ ސަބަބުން އަންހެނުންގެ ކްރިކެޓަށް އާ ހައިސިއްޔަތެއް ލިބިގެން ގިޮސްފައި ވެއެވެ. އަދި މީގެ ކުރިން ފިރިހެނުންގެ ކްރިކެޓަށް އެކަނި ލިބެމުންދިޔަ ސްޕޮންސަރޝިޕްތަކާއި މީޑިއާގެ ސަމާލުކަމާއި މާލީ ފައިދާތައް މިހާރު އަންހެން ޓީމުގެ ކްރިކެޓަށް ވެސް ލިބެން ފަށާފައިވާ ކަމަށް އެނަލިސްޓުން ބުނެއެވެ. މި ބަދަލަކީ މުޖުތަމައަށް އަންނަ ބަދަލެއް ކަމަށް ވެސް ބެލެވެއެވެ. އެގޮތުން، ތަމްރީނުތަކާއި ގްރާސްރޫޓް އެކެޑަމީތަކާއި ސްޓޭޓް ލެވެލްގެ މުބާރާތްތަކަށް ފަސޭހައިން ވަދެވޭނެ މަގު ފަހިވެފައިވާތީ، ކުދި ސިޓީތަކުގެ ޒުވާން އަންހެން ކުދިންނަށް ޕްރޮފެޝަނަލް ކްރިކެޓް ކުޅުމުގެ ފުރުސަތު ލިބިގެން ގޮސްފައި ވެއެވެ.

އިންޑަސްޓްރީގެ ތަޖުރިބާކާރުން ފާހަގަކުރައްވާ ގޮތުގައި ވިމެންސް ޕްރިމިއާ ލީގުން މިކަމަށް އިތުރު ބާރެއް ލިބި، އަގު ބޮޑު ކޮންޓްރެކްޓްތަކާއި ޕްރޮފެޝަނަލް ފެންވަރެއްގައި މަގްބޫލުކަން ވަނީ އިތުރު ވެފައެވެ. މި ލީގުގެ ކާމިޔާބީން އަންހެނުންގެ ކުރިކެޓްގެ ވިޔަފާރީގެ ދާއިރާ ހަރުދަނާވެ، ބްރޯޑްކާސްޓަރުންނާއި ސްޕޮންސަރުން ބޮޑެތި އިންވެސްޓްމަންޓްތައް ކުރަމުންދާ ކަން ވަނީ ހާމަވެފައެވެ.

އިންޑިއާ އަންނަން އޮތް ވޯލްޑް ކަޕްތަކަށް ތައްޔާރުވާއިރު، ކުދި ރަށްރަށުގެ ކުޅުންތެރިންގެ ނުފޫޒު މިހާރަށްވުރެ ބޮޑުވެގެންދާނެ ކަމަށް ބެލެވެއެވެ.

ހިއްސާ ކުރައްވާ!