ޗައިނާއިން ނާދިރު މައުދަންތައް އެކްސްޕޯޓް ކުރުން ކޮންޓްރޯލް ކުރުމުގެ ސަބަބުން ދުނިޔޭގެ ސަޕްލައި ޗޭންތައް އަލުން ބައްޓަންކޮށް ޖިއޮޕޮލިޓިކަލް ވާދަވެރިކަން ވަރުގަދަވެފައިވާ ކަމަށް ޑިސްކަވަރީ އެލާޓުން ކުރި ތަފްސީލީ ތަހުލީލެއްގައި ބުނެފި އެވެ. މި ރިޕޯޓުގައި ބެއިޖިންގެ ނާދިރު މައުދަންތައް އެކްސްޕޯޓު ކުރުމާއި ކޮންޓްރޯލު ކުރުމާ ބެހޭ ގަވާއިދުގެ ސަބަބުން ވިޔަފާރީގެ ހުރަސްތައް އިތުރުވެފައިވާކަން ފާހަގަ ކޮށްފައި ވެއެވެ. އަދި ޗައިނާއިން ވަނީ އެހެން ސަރަހައްދުތަކަށްވެސް ނުފޫޒު ފޯރުވައި ނާދިރު މައުދަންތަކުގެ ސަޕްލައި ޗެއިން އެއްކޮށް ކޮންޓްރޯލުކޮށް އެ ދާއިރާއާ ގުޅޭ ޓެކްނޮލޮޖީ ޓްރާންސްފާއަށްވެސް ހުރަސްއަޅާފައި ކަމަށް ބުނެފައި ވެއެވެ. ޗައިނާގެ މި ފިޔަވަޅުތަކުގެ މަގްސަދަކީ ނާދިރު މައުދަން ސަޕްލައި ކުރުމުގައި ޗައިނާގެ ކޮންޓްރޯލު ދެމެހެއްޓުމެވެ.
ޗައިނާއިން ދުނިޔޭގެ ނާދިރު މައުދަންތައް ކޮންޓްރޯލު ކުރާ ގޮތްތަކުގެ ތެރޭގައި ހިމެނެނީ؛
ފުޅާ ދާއިރާއެއްގެ ލައިސަންސް ކޮންޓްރޯލު ކުރުން: ޗައިނާއިން ވަނީ ނާދިރު މައުދަންތަކުގެ ލައިޓް އަދި ހެވީ ކެޓަގަރީގެ 12 ވައްތަރެއްގެ ރެއާ އާރތް އެލިމެންޓް ކޮންޓްރޯލު ކޮށްފައެވެ. އަދި އެކޮންޓްރޯލު ކުރުމުގެ ތެރޭގައި މައުދަން ސާފުކޮށް ޕްރޮސެސް ކުރުމާއި އެއާ ގުޅޭ މައުލޫމާތާއި އެ މައުދަންތައް ސާފުކޮށް އުފެއްދުމާ ގުޅޭ އިކުއިޕްމަންޓްގެ ސްޕެސިފިކޭޝަންތައް ކޮންޓްރޯލު ކުރުންވެސް ހިމެނެއެވެ.
ދުނިޔޭގެ އެތައް ދިމާއަކުން ކޮންޓްރޯލުކުރުން: ޗައިނާގެ 50 އިންސައްތައަށް އަށްވުރެ ގިނަ މިލްކުވެރިކަން އޮންނަ ކުންފުނިތަކުން އެތައް ގައުމެއްގައި ނާދިރު މައުދަންތައް ނަގައެވެ. މިހުރިހައި ތަނެއްވެސް ޗައިނާ ސަރުކާރުން ދޭ އިރުޝާދުތަކަށް ތަބާވާން ޖެހެއެވެ.
މުޅި ސަޕްލައި ޗެއިންއަށް އަސަރުކުރުން: އުޅަނދުތަކާއި އިލެކްޓްރޯނިކްސްގެ ދާއިރާއިން އިން ފެށިގެން ޑިފެންސް އަދި ސާފު ހަކަތައިގެ ދާއރާއާ ހަމައަށް ހުރިހައ ބާވަތެއްގެ ސިނާއަތްތަކުގެ ޚަރަދުތައް އިތުރުވުމާއި، އުފެއްދުން ލަސްވުމާއިކުރިމަތިލާން ޖެހިފައިވެއެވެ. މިކަމުގެ ސަބަބުން އުތުރު އެމެރިކާގައި 30 އިންސައްތަ އާއި ހަމައަށް ސާމާނުގެ އަގުތައް އުފުލިފައި ވެއެވެ.
ޑިޕްލޮމެޓިކް ނުފުޒު އިތުރުވުން: އެމެރިކާއާއި ޗައިނާއާ ދެމެދު ކުރިއަށް ގެންދިޔަ މަޝްވަރާތަކަށް ފަހު، 2025 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ޗައިނާއިން ފުޅާކުރި ކޮންޓްރޯލްތައް ވަގުތީ ގޮތުން މެދުކަނޑާލުމުން، ވިޔަފާރީގެ ޑިޕްލޮމެސީގައި ޗައިނާގެ ނުފޫޒު ހާމަވެގެން ދެއެވެ.






