ތޯމަސް މޭސީއަކީ އެމެރިކާގެ ރިޕަބްލިކަން ޕާޓީގެ ކޮންގްރެސް މެންބަރެކެވެ. އޭނާއަކީ މެކޭނިކަލް އިންޖިނިއަރެއްގެ އިތުރުން، ސިޔާސީ މަސްރަހުގައި އާދަޔާ ހިލާފު ހިތްވަރެއް ދައްކާ ޝަޚްސިއްޔަތެކެވެ. ކެމެރާ ކުރިމަތީގައި މަޑުމައިތިރިކަމާއެކު ވާހަކަ ދައްކަން އޭނާ މާ ގަޔާނުވި ނަމަވެސް، އޭނާގެ ހިސާބުތައް ސީދާވެއެވެ. މެސީ ވަނީ "އަހަރަމެންގެ ޓެކްސް ފައިސާ ބޭރު ގައުމަކަށް ފޮނުވުމަށް ވޯޓެއް ނުދޭނަން،" ކަމަށް ވިދާޅުވެ ކެމްޕޭން ކުރައްވާފައެވެ. މިހާރު އޭނާއާ ދެކޮޅަށް ނިކުމެފައި ވަނީ ޖެނޮސައިޑް ޒަޔަނިސްޓު ސަރުކާރަށް އެންމެ ބޮޑަށް މާލީ ގޮތުން ވާގިވެރިވާ އަންހެން ޒަޔަނިސްޓް ސާދާ ގަރެކެވެ. އެއީ ބިލިއަނަރު މީރިއަމް އެޑެލްސަން އެވެ. ހުވަފަތް މި އަންހެން މީހާއަކީ ޓްރަމްޕް ހޮވުމަށް ބޯކޮށް ފައިސ ާއެޅި މީހެކެވެ. އޭނާގެ އެދުމަކަށްވީ އެމެރިކާގެ އެމްބަސީ ޓެލްއަވީވް އިން ހިފާފައިވާ ގުދުސްއަށް ބަދަލު ކުރާށެވެ. ޓްރަމްޕް ވަނީ އެކަން ކޮށްދައްކާފައެވެ.
އެޑެލްސަން ވަނީ ޑަލަސްގެ މާވަރިކްސް ޓީމް 3.5 ބިލިއަން ޑޮލަރަށް ގަތް މީހާ، ކޮންގްރެސްގެ މެމްބަރު ތޯމަސް މޭސީ މަގާމުން ދުރުކުރުމަށް މަސައްކަތް ފަށާފައެވެ. އެޑެލްސަން ވަނީ މިކަމަށް 20 މިލިއަން ޑޮލަރުގެ ކެމްޕޭނެއް 2026 ވަނަ އަހަރު ހޭދަ ކުރާނެ ކަމަށް ބުނެފައެވެ. އޭނާ މި ފައިސާ ހޭދަ ކުރާނީ ކެންޓަކީގެ ޕްރައިމަރީ އިންތިޚާބަށެވެ. އޭނާގެ މަގްސަދަކީ މޭސީ ޕްރައިމަރީގަިއ ބަލިކޮށްލައި އޭނާގެ ބަދަލުގައި އެޑް ގެލަރިން ކޮންގްރެސްއަށް ގެނައުމެވެ. މިކަމަށް ސަބަބަކަށް ވެފައި ވަނީ މޭސީ އިޒްރޭލަށް އެމެރިކާ ފައިސާ ދިނުމަށް ދެކޮޅު ހެދުމެވެ. ނަމަވެސް، މޭސީ ވަނީ މި އެޑެލްސަންގެ 20 މިލިއަންގެ ކެމްޕޭން ބަޖެޓާ ކުރިމަތިލާން 13،000 އާދައިގެ ރައްޔިތުންގެ ތާއީދާއެކު ތެދުވެފައެވެ. މިއީ އޭނާގެ “އެމެރިކާ ފަސްޓް” ގެ ޝިއާރު ވަރަށް ރަނގަޅަށް ތަމްސީލުކޮށްދޭ ކަމެއް ކަމުގައި ބުނެއެވެ.
މޭސީ މަޝްހޫރުވެފައިވަނީ އެއިޕެކްގެ ހަތުރެއްގެ ގޮތުގައެވެ. އައިޕެކްއަކީ އިޒްރޭލުގެ މަސްލަހަތު ހިމާޔަތް ކުރުމަށް ޔަހޫދީ މުއްސަނދިންގެ ފައިސާއިން ކެންްޑިޑޭޓުންގެ ކެމްޕޭނަށް ފައިސާ ދޭ ޖަމާއަތެކެވެ. އަދި މަގާމަށް ހޮވުމަށްފަހު ކޮންމެ މީހަކަށްވެސް އިޒްރޭލަށް ޗުއްޓީ ދަތުރުތައް ދެއެވެ. ގާނޫނަށް އޮޅުވާލުމަށް ބުނަނީ އެއީ ތައުލީމީ އަދި ހޭލުންތެރިކަމުގެ ޕްރޮގްރާމުގައި ބައިވެރިވާން ކުރާ ދަތުރެއް ކަމަށެވެ.
އައިޕެކްގެ ނުފޫޒާ ދެކޮޅަށް މެސީ ވަނީ އަޑު އުފުލާފައެވެ. އަދި އެފަދަ އެތައް މެމްބަރުން މިހާރު ކޮންގްރެސްއިން ފެނެއެވެ. އޭނާ ވަނީ އެހެން ބޭރު ގައުމުތަކުގެ މަސްލަހަތަށ ްމަސައްކަތް ކުރާ ޖަމާއަތްތަކާ އެއްގޮތަށް އެއިޕެކް އަކީ ވެސް ބޭރު ގައުމެއްގެ އެޖެންޓެއްގެ ގޮތުގައި ރަޖިސްޓްރީ ކުރަން ޖެހޭނެ ކަމަށް ބުނެ އެކަމަށް ގޮވާލާފައެވެ. މެސީ ވަނީ ޖެނޮސައިޑް ހިންގި ނަތަންޔާހޫ ކޮންގްރެސްގައި ދިން ތަގުރީރު ބޮއިކޮޓްކޮށްފައެވެ. އަދި އޭނާ ވަނީ އިޒްރޭލުގެ ދަނގަނޑު ގުއްބުއަށާއި ދާއޫދުގެފާނުގެ ސާޅަނގައަށް ފައިސާ ދިނުން ހުއްޓާލުމަށް ގޮވާލާފައެވެ. ޣައްޒާގައި އިޒްރޭލުގެ ޖެނޮސައިޑަށް އެހީތެރިވުމުގެ ގަރާރުތަކަށް ވެސް ވޯޓު ދޭން އޭނާ ވަނީ ދެކޮޅު ހަދާފައެވެ. އޭނާގެ ނަޒަރުގައި ގިނަ އަދަދެއްގެ އާދައިގެ ރައްޔިތުން މަރާލުމަށް ދައްކާނެ އެއްވެސް ބަހަނާއެއް ޔަހޫދީންގެއަތުގައިނެތެވެ.
މޭސީގެ ސިޔާސީ ދިރިއުޅުމުގައި، އޭނާ ވަނީ ރިޕަބްލިކަން ޕާޓީގެ މައިގަނޑު ވިސްނުމާ ތަކުރާރުކޮށް ޚިލާފުވެފައެވެ. އޭނާ ވަނީ ޑޮނަލްޑް ޓްރަމްޕަށް ފާޑުކިޔައި، ރަޝިޔާ އާއި އުތުރު ކޮރެއާ ފަދަ ގައުމުތަކަށް އަޅާން އުޅުނު ދަތިކުރާ ފިޔަވަޅުތަކާ ދެކޮޅު ހަދާފައެވެ. އޭނާ ގަބޫލުކުރާ ގޮތުގައި ޔަހޫދީންގެ ނުފޫޒަކީ އެމެރިކާގެ ސިޔާދަތަށް އޮތް ބޮޑު ނުރައްކަލެކެވެ.
ތޯމަސް މޭސީއަކީ އެމެރިކާގެ ސިޔާސީ މަސްރަހުގައި ހުރި ހިތްވަރުގަދަ އަދި އުސޫލުތަކަށް ބޯލަނބާ ލީޑަރެކެވެ. އޭނާގެ މިސާލުން ދައްކުވައިދެނީ ބޮޑެތި މާލީ ނުފޫޒުތަކާއި ލޮބީތަކާ ކުރިމަތިލުމުގައި، އާދައިގެ ރައްޔިތުންގެ އެހީތެރިކަމާއި ސާފު އުސޫލުތަކަކާއެކު ކާމިޔާބު ހޯދިދާނެ ކަމެވެ.







