އީރާނުން ވަނީ އެގައުމުގެ އެންމެ ފާހަގަ ކުރެވޭ 17 މިސްކިތެއް، ޔުނެސްކޯގެ ވަގުތީ ލިސްޓުގައި "ފާރިސީ މިސްކިތް" މިފަމުގައި ފިހުރިސްތު ކުރުމަށް ހުށަހަޅާފައެވެ. މިއީ ކުރިމަގުއި ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި ހިމެނިދާނެ ކަމަށް ބެލެވޭ މިސްކިތްތަކުގެ ލިސްޓްގައި މަގުފަހިކޮށް ދިނުމަށް ހުށަހަޅާފައިވާ ހުށަހެޅުމެކެވެ. މި އިސްނެގުމުގެ މަގުސަދަކީ ފާރިސީ މިސްކިތް އިމާރާތް ކުރުމުގެ ފަންނާއި އިސްލާމީ ރޫހާނީ އަދި އިމާރާތް ކުރުމުގެ ނަޒަރިއްޔާތައް ލާމެހި މުޅި އިސްލާމީ ދުނިޔޭގައި މިސްކިތް އިމާރާތް ކުރުމުގެ މަސައްކަތް ތަރައްގީވެ ނުފޫޒު ފޯރުވި ގޮތް ދައްކާލުމުގެ މަސައްކަތެކެވެ.
އީރާނުގެ ސަގާފީ ތަރިކަ، އަތްތެރި މަސައްކަތާއި ޓޫރިޒަމް މިނިސްޓްރީން ބުނާ ގޮތުގައި ހުށަހަޅާފައިވާ "ފާރިސީ މިސްކިތް" ސިލްސިލާގައި އެގައުމުގެ އެންމެ ޚާއްސަ އަދި ތަފާތު ބައެއް މިސްކިތްތައް ހިމެނެ އެވެ.




















