ޕީއެންސީގެ ދެވަނަ އަހަރީ ދުވަސް ފާހަގަކުރީ ރެކޯޑް ޢަދަދެއްގެ ބައިވެރިންނާއެކު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިއުލާން ކުރެއްވިގޮތުގައި ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ބޭއްވި ޖަލްސާއަކީ ރާއްޖޭގެ ތާރީޚުގައި ބޭއްވި އެންމެ ބޮޑު ސިޔާސީ ޖަލްސާ އެވެ. މާލޭގެ އާޓިފިޝަލް ބީޗަށް 13،000 އަށް ވުރެ ގިނަ މީހުން އެއްވެ މިޖަލްސާގައި ބައިވެރިވިއެވެ.

ރައީސް މުޢިއްޒު ވަނީ ޕާޓީގެ ހަރަކާތްތެރިންނާއި ބައިވެރިންނަށް ޝުކުރު އަދާކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ، މިއީ ޕާޓީގެ ބާރު ދައްކުވައިދިން މިސާލެއް ކަމަށާއި، މީހުން އެއްވެ މުޅި ސަރަޙައްދު ފުރާލާފައިވާ ކަމަށެވެ.

ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވަނީ މިނިވަންކަމާއެކު ޚިޔާލުފާޅުކުރުމުގެ ފުރުސަތު އެންމެނަށް އޮތް ކަމަށް ވިދާޅުވެފައެވެ. އަދި އެކަމަކީ، މުޖުތަމައުގައި ހަމޖެހުން ޤާއިމް ކުރުމުގެ އަސާސް ކަމުގައި ފާހަގަ ކުރެއްވިއެވެ. އަދި ޚިޔާލު ފާޅުކުރުމަށް އެންމެނަށްވެސް ފުރުސަތު އޮތް ކަމަށާއި އެކަމަކު އެކަން ކުރަން ޖެހޭނީ އިސްލާމް ދީނުގެ ޙުދޫދުގެ ތެރޭގައި ކަމަށް ވިދާޅުވިއެވެ. އަދި އެކަމާ ދެކޮޅަށް ބޭރުގެ ފަރާތްތަކުން ކިތަންމެ ބަޔާނެއް ނެރުނަސް އެކަމަށް ސަރުކާރުން ފަރުވާލެއް ނު ބަހައްޓާނެ ކަމަށްވެސް ވިދާޅުވިއެވެ.

"އެއީ އިސްލާމް ދީނުގެ ހުދޫދުގެ ތެރޭގައި ހިޔާލުފާޅުކުރުމުގެ މިނިވަންކަން. އެއީ މި ގައުމުގައި ހަމަޖެހުން ގެނައުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެއް،" ރައީސް

ރައީސް ވިދާޅުވީ، މީގެ ކުރިން ސިޔާސީ ގޮތުން އެއްވާން އެންމެ ތަނެއް ހަމަޖައްސައިފައި އޮތްނަމަވެސް އެމަނިކުފާނުގެ ސަރުކާރުން މިހާރު 4 ފަސް ތަނެއްގައި އެއްވެވޭ ގޮތަށް ފަހިކޮށްދީފައިވާނެ ކަމަވެ.

"މިނިވަންކަން ނެތް ކަމަށް ދައްކަން މި އުޅޭ ސަބަބު ވެސް އަޅުގަނޑަކަށް ނުވިސްނޭ ހަމަ އެއްގޮތަކަށް ވެސް. ހަމަ ކޮންމެ ރެއަކު ވެސް ރޭގަނޑު ވެސް ދުވާލު ވެސް ހަމަ 24 ގަޑިއިރު ވެސް ހަމަ އެއްވެގެން ތިބެންވީ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީ އަބުރު ރައްކާތެރި ކުރުމަށް ބާރުއަޅުއްވައި ވާހަކަ ދައްކަވާފައެވެ. އަދި ދީނުގައި އެކަން އޮތް ގޮތްކަމަށް ވިދާޅުވިއެވެ. އެމޭރުމުން ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، ކޮންމެ މީހެއްގެވެސް އާއިލާއެއް އޮންނާނެ ކަމަށާއި ކޮންމެ މީހެއްގެ އަނބިދަރިންނާއި ރައްޓެހިންނާއި އެކުވެރިން ތިބޭނެ ކަމަށާއި، ހަމައެހެންމެ ކޮނެމެ މީހެއްގެ ވެސް އަބުރާއި އިއްޒަތެއް އަދި ހައްގުތަކެއްވެސް އޮންނާނެ ކަމަށެވެ. އަދި "… އިންސާނީ ކަރާމާތް. އެ ވެއްޔާ މޮޑެލުމުގެ ފުރުސަތެއް މި ސަރުކާރަކުން ނުދޭނެ،" ކަމުގައި ރައީސް ވިދާޅުވިއެވެ.

ހިއްސާ ކުރައްވާ!